އެންމެ އަގުބޮޑު ބިންތައް ހިލޭ ދޫކުރާނަމަ ސޯޝަލް ފްލެޓުތަކުގެ ކުލިވެސް އެއްކޮށް ކަނޑާލުން މާ އައުލާކަން ބޮޑުކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ ހުސައިން މިހެން ވިދާޅުވެފައިމިވަނީ މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ހުޅުމާލެއާއި ގުޅީފަޅުން ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން އިއުލާންކުރުމާއި ގުޅިގެންނެވެ. އަލީ ހުސައިން ވިދާޅުވީ، އެންމެ އަގުބޮޑެތި ބިންތައް ހިލޭ ދޫކުރެވޭނަމަ ހިޔާ ފުލެޓުތަކާ އެހެންހުރިހައި ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ ކުލިވެސް އެއްކޮށްކަނޑާލާ ހިލޭ ކުރެވުން މާ އައުލާކަންބޮޑުކަމަށެވެ.
އެންމެ އަގުބޮޑެތި ބިންތައް ހިލޭ ދޫކުރެވޭނަމަ ހިޔާ ފުލެޓުތަކާ އެހެންހުރިހައި ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ ކުލިވެސް އެއްކޮށްކަނޑާލާ ހިލޭ ކުރެވުން މާ އައުލާކަންބޮޑު.
— Ali Hussain (@AleeVoice) June 26, 2022
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން އިއުލާންކުރި ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހާގެ ނަމުގައި ބިންކޮޅެއް އޮތްނަމަ، އެ ބިން ދޫކޮށްލާފައި މި ސްކީމްއާއި ބައިވެރިވެވޭނެއެވެ. މިފަދަ ބިން ދޫކޮށްލާއިރު ޢަމަލުކުރާނެ ގޮތްތައްވެސް ސްކީމްގައިވަނީ ކަނޑައަޅާފައެވެ.
އުސޫލުގައި ބުނާގޮތުން 400 އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާނަމަ، ފްލެޓްގެ އަގު ހިލޭކޮށްދޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާނަމަ، އެ ބިމުގެ އަގު ފްލެޓްގެ އަގުން އުނިކުރެވޭނެއެވެ. ދޫކޮށްލާ ބިން އަގުކުރާނީ، އަކަފޫޓަކަށް 3500 ރުފިޔާއަށެވެ.
ފްލެޓް ލިބޭ މީހުން ކަނޑައަޅާނީ، މަޢުލޫމާތު ރިވިއުކޮށް މާކްސް ދިނުމަށްފަހު ފްލެޓް ލިބުން އެންމެ ޙައްގުވެރި މީހުން ބެލުމަށްފަހުގައެވެ.
ފްލެޓް ހަވާލުކުރާނީ ފްލެޓް ލިބޭ ފަރާތާއި، ފްލެޓް ހަވާލުކުރާ ފަރާތާއި ދެމެދު ވެވޭ ޚާއްސަ އެގްރިމެންޓެއްގެ ދަށުންނެވެ. ކޯ-އެޕްލިކަންޓާއިއެކު ހުށައަޅައިގެން ލިބޭ ފްލެޓްގައި ސޮއިކުރާނީ މައި އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓެވެ.
ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެއަގާ އަގު ނަގާނެ ގޮތް ކަނޑައަޅާނީ ސްކީމް ހިންގާ ފަރާތުންނެވެ. މި އުސޫލު ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން އުސޫލަށް ޢަމަލުކުރަން ފަށާނެއެވެ.
ކޮމެންޓު ފޮނުވާ