ޑރ. ޝަހީމް

އެއްޖިންސުން ގުޅުން ހިންގާ މުޖުރިމުންނަށް ޤާނޫނީ އަދަބު ދިނުމަށް ޑރ.ޝަހީމް ގޮވާލައްވައިފި

އެއްޖިންސުން ގުޅުން ހިންގާ މުޖުރިމުންނަށް ޤާނޫނީ އަދަބު ދިނުމަށް ޑރ.ޝަހީމް ގޮވާލައްވައިފި

އެއްޖިންސުން ގުޅުންހިންގާ މުޖުރިމުންނަށް ޤާނޫނީ އަދަބު ދިނުމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޑރ.ޝަހީމް މިހެން ގޮވާލެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލްކުރާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފައިވާ ދަނޑިވަޅެއްގައެވެ.

ޑރ.ޝަހީމް ވިދާޅުވީ އެއްޖިންސުން ގުޅުންހިންގައި ރާއްޖޭގެ އިސްލާމީ ދައުލަތުގެ ކަރަމާތަކާއި، އަހުލާގިއްޔާތު މުގުރަމުންދާ މުޖުރިމުންނަށް ޤާނޫނީ ހަރުކަށި އަދަބު ދޭންޖެހޭކަމަށެވެ. އެފަދަ އަމަލުތައް ހިންގާ މީހަކީ ކާކުތޯ ބެލުމެއްނެތި ޤާނޫނުގެ ކުރިމައަށްޗަށް ހާޒިރުކޮށް، ޤާނޫނު ހިންގުމަށްވެސް ޝަހީމް ވަނީ ގޮވާލައްވާފައެވެ. އަދި އެއީ މަޖިލިސް މެމްބަރެއް، ވަޒީރެއްގެ ދަރިއެއްތޯ ބެލުމެއްނެތި ހަމަހަމަ އުސޫލުން ޤާނޫނު ހިންގުމަށްވެސް ޑރ.ޝަހީމް ވަނީ ގޮވާލައްވާފައެވެ.

އެއްޖިންސުން ގުޅުން ހިންގައި މި އިސްލާމީ ދައުލަތުގެ އަޚުލާގިއްޔާތު މުގުރަމުންދާ މުޖުރިމުންގެ މައްޗަށް މޫނަށް ކަނދުރާއެއް ބެލުމެއްނެތި ޤާނޫނު ހިންގަވާށެވެ. މަޖިލިސް މެމްބަރެއް، ވަޒީރެއްގެ ދަރިއެއް ބައްލަވާނެ ކަމެއްނެތް. ޤައުމު ސަލާމަތް ކުރައްވާށި.

– ފުލުހުން ޓެގްކޮށް ޑރ.ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މިއަދު ލީކުކޮށްލި ވީޑިއޯގައި ފެންނަ ބިދޭސީއާ އެކު އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ވީޑިއޯކޮށްފައި އެބަހުއްޓެވެ. އެ ވީޑިއޯތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކުރަމުން ދާއިރު ނާޒިމްގެ ވީޑިއޯ ވެސް ހިމެނެނީ އޭގެ ތެރޭގައި ކަމަށް ވަނީ އެނގިފައެވެ.

ވީޑިއޯ ލީކުވުމާ އެކު އެތައް ބަޔަކު ދަނީ ނާޒިމް ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ގޮވާލަމުންނެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފައެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކުގައި ވެސް ސިޔާސީ ނުފޫޒު ހުރި މީހުންނާ ޖެހުމުން ސަރުކާރުން އެކަންކަމާ އަޅާނުލާ ކަމަށް ބުނެ ފާޑު ކިޔާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *