ކޯވީޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއަދު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓިގައި ފަރުދޭމުން އައި 79 އަހަރުގެ ދިވެހި ފިރިހެން މީހެކެވެ. އިއްޔެވެސް ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެފައެވެ. މިއަދު ނިޔާވި މީހާއާއިއެކު ކޯވިޑް-19 މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 43 ވަނަ މީހާއެވެ. މިހާތަނަށް ރާއްޖެއިން ނިޔާވިި 43 މީހުންގެ ތެރޭގައި ހިމެނެނީ 35 ދިވެހިންނާއި 8 ބިދޭސީންނެވެ. މިއީ މިހަފްތާގެ ތެރޭގައި ކޯވިޑްގައި ނިޔާވި 3 ވަނަ މީހާއެވެ.
ރާއްޖެއިން މިހާތަނަށް 12،154 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، 843 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި 11،262 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.