الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:
އެއް މުސްލިމަކު އަނެއް މުސްލިމެއްދެކެ ރުޅި އައިސްގެން ތިންދުވަހަށްވުރެ ގިނަދުވަސް ވަންދެން ވާހަކަ ނުދައްކާ ހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ. «لاَتَبَاغَضُواوَلاَتَحَاسَدُواوَلاَتَدَابَرُواوَكُونُواعِبَادَاللَّهِإِخْوَانًاوَلاَيَحِلُّلِمُسْلِمٍأَنْيَهْجُرَأَخَاهُفَوْقَثَلاَثِلَيَالٍيَلْتَقِيَانِيَصُدُّهَذَاوَيَصُدُّهَذَاوَخَيْرُهُمَاالَّذِىيَبْدَأُبِالسَّلاَمِ» މާނައަކީ: "ތިޔަބައިމީހުން އެކަކު އަނެކަކަށް ރުޅި ނުވާށެވެ. އަދި އެކަކު އަނެކަކަށް ޙަސަދަވެރި ނުވާށެވެ. އަދި އެކަކު އަނެކަކަށް ފުރަގަސް ނުދޭށެވެ. އަދި ތިޔަބައިމީހުންނީ ﷲގެ އަޅު އަޚުންތަކެއް ކަމުގައިވާށެވެ. ތިންދުވަހަށްވުރެ ގިނަދުވަހަށް މުސްލިމް އަޚާދެކެ ރުޅި އައިސްގެން ވާހަކަ ނުދައްކާ ހުރުން ހުއްދަވެގެން ނުވެއެވެ. ދެމީހުން އެކަކު އަނެކަކަށް ބައްދަލުވާ ހިނދު އެކަކު އަނެކަކަށް ފުރަގަސްދެނީއެވެ. މީގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މީހަކީ ސަލާމް ގޮވާފައި ވާހަކަ ދައްކަން ފަށާމީހާ އެވެ".
ނަމަވެސް މުސްލިމް އަޚާއާއި ވާހަކަ ދެއްކުން ހުއްޓާލީ އޭނާ އަކީ ފާފަ އަކަށް އަރައިގަތުމުގައި ދެމިހުރި މީހަކަށްވާތީވެ، ވާހަކަ ނުދައްކާ ހުރުމުން އޭނާ އެކަމުން ދުރުހެލިވެދާނެ ކަމަށްޓަކައިނަމަ މައްސަލަ އެއް ނެތެވެ.
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ. «مَنْرَأَىمُنْكَرًافَاسْتَطَاعَأَنْيُغَيِّرَهُبِيَدِهِفَلْيُغَيِّرْهُ،فَإِنْلَمْيَسْتَطِعْبِيَدِهِفَبِلِسَانِهِ،فَإِنْلَمْيَسْتَطِعْبِلِسَانِهِفَبِقَلْبِهِوَذَلِكَأَضْعَفُالإِيمَانِ»މާނައަކީ: "ތިޔަބައިމީހުންނަށް މުންކަރާތެއް ފެނިއްޖެނަމަ ކުޅަދާނަކަން ލިބިގެންވާ މީހާ އެކަމެއް އަތުން މަނާ ކުރާހުށިކަމެވެ. އެކަމަށް ކުޅަދާންކަން ލިބިގެން ނުވާނަމަ ދުލުން މަނާ ކުރާ ހުށިކަމެވެ. އެކަމަށްވެސް ކުޅަދާނަކަން ލިބިގެން ނުވަ މީހާ ހިތުން މަނާ ކުރާ ހުށިކަމެވެ. އެއީ އީމާން ކަމުގެ އެންމެ ދަށު ދަރަޖައެވެ".
والله أعلم.