ށ.ފޯކައިދޫގައި އިމާރާތްކުރާ އާ އިންޖީނުގޭގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.
ފޯކައިދޫގައި އިމާރާތްކުރާ އާ އިންޖީނުގޭގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ފެނަކައިން ވަނީ އެންމެ ފަހުގެ މަސައްކަތާއި ގުޅޭ އަޕްޑޭޓެއް ދެއްވާފައެވެ. ފެނައިކައިން ބުނެފައިވަނީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ށ. ފޯކައިދޫ އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %59 މަސައްކަތް ވަނީ ކުރެވިފައިވާކަމަށެވެ.
ށ.ފޯކައިދޫގައި އިންޖީނުގެ އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ވަލީދް ކޮންސްޓްރަކްޝަންއާއެވެ. ފޯކައިދޫގައި އިންޖީނުގެ އިމާރާތްކުރުމަށް ވަލީދް ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައިވަނީ 5.6 މިލިއަަން ރުފިޔާއަށެވެ. މި އެއްބަސްވުމުގެ ދަށުން ފޯކައިދޫ އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމަންޖެހެއެވެ. މި ޕްރޮޖެކްޓުގެ ދަށުން ފޯކައިދުއާއި އިންޖީނު ބެހެއްޓުމަށާއި އިދާރީ މަސައްކަތް ކުރުމަށް އޮފީހެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.
ފެނަކައިންދަނީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް މީހުން ނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސްވަނީ ގިނަ ރަށްތަކެއްގެ އިންޖީނުގެ މީހުން ނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.
ކޮމެންޓު ފޮނުވާ