ބައިނަލްއަގުވާމީ ގޮތުން. ފާހަގަ ކުރެވޭ 8 ވަނަ ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މިއަދު އިންޑިއާގެ ކަރުނާޓަކާގެ މައިސޫރުގައި ބޭއްވުނު ޔޯގާގެ ފެސްޓިވަލުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ބައިވެރިވެ ވަޑައިގެންފިއެވެ.
މި ފެސްޓިވަލުގައި ބާއިވެރިވަޑައިގެން ވާހަކަ ދައްކަވަމުން މޯޑީ ވިދާޅުވެފައިވަނީ، އިންޑިއާގެ ގަދީމީ މި އާދައަކީ މިހާރު ދުނިޔޭގެ އެތައް ގައުމުގެއްގައި ބަލައިގަންނަ، ބައިނަލްއަގުވާމީ އީދެއް ކަމުގައެވެ.
"އިންޑިއާގެ މިނިވަންކަމަށްޓަކާ ކުރެވުނު އުދަގޫ މަސައްކަތަށް ހަކަތައް ލިއަބައިދިން މި ރޫހީ ހަރަކާތް މިވަނީ ވަރަށް ބޮޑަށް ބަލައިގެންފަ. ގައުމުގެ މުހިންމު 75 ތަނެއްގައި، ގިނަބަޔަކު އެއްވެ ޔޯގާގެ ބޮޑު ހަރަކާތް ބައްވާ ސަބަބަކީ މިއީ" މިއަދު ބޭއްވުނު ޔޯގާގެ ހަރަކާތުގައި 45 މިނިޓް ވަންދެން އަމަލީގޮތުން ބައިވެރިވެ ވަޑައިގަތުމުގެ ކުރިން، މި ފެސްޓިވަލުގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން މޯޑީ ވިދާޅުވެފައި ވެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ ޔޯގާ ދުވަހުގެ މުޒާސަބަތުގައި ތަހުނިޔާ ފޮނުއްވަމުން އިންޑިއާގެ ރައީސް ރާމް ނަތު ކޯވިންދު ވިދާޅުވެފައިވަނީ، "ޔޯގައަކީ އިންޑިއާއިން އިންސާނިއްޔަތަށް ދިން ހަދިޔާއެއް، އަދި އެއީ ފުރާނައާއި ވިސްނުމާއި ހަށިގަޑުގެ ހަމަޖެހުމަށާއި، ފުރިހަމަ ސިއްހަތެއްގައި ދެމިހުރުމަށް މަގުފަހިކޮށްދޭ ރޫހީ އެހީތެރިކަމެއް" ކަމުގައެވެ.
އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައި މިއަދު ބޭއްވުނު ޔޯގާ ޑޭ ހަރަކާތުގައި އިންޑިއާގެ ރައީސް މިއަދުވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އިންޑިއާގެ ރައީސްވަނި ޔޯގާއަކީ އާންމު ދިރިއުޅުމުގެ ބަޔަކަށް ހަދާ، އޭގެ ހަގީގީ ފައިދާ ލިބިގަތުމަށް އެދިވަޑައިގެންފައެވެއެވެ.
މިއަހަރުގެ ޔޯގޯ ދުވަހުގެ ޝިއާރަކީ "އިންސާނިއްޔަތަށް ޔޯގާ" އެވެ. އިންޑިއާއިން ބުނެފައިވާ މިއަހަރުގެ ޔޯގާ ދުވަހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 250 މީހުން މި ހަރަކާތްތަކުގައި ބައިވެރި ވެފައި ވެއެވެ.
2 Responses
ރޫހީ މިބަހުގެ މާނައަށް ވިސްނާއިރު މިއީ ރޫހާނީ ނުވަތަ އިލާހީ. ވީމާ ނަމާދުގަ ލިބޭ ރޫހީ ފައިދާ ޔޯގާގަ ލިބޭ ކަމަށް ގަބޫލުކުރުން ވާނީ ޝިރުކަކަށް.
ގެރި މޯދީ.