އަސްލަމް ވިދާޅުވީ ވިނަރެސް ފްލެޓަކީ މިސަރުކާރުގެ މަސައްކަތެއްކަމަށް

އަސްލަމް ވިދާޅުވީ ވިނަރެސް ފްލެޓަކީ މިސަރުކާރުގެ މަސައްކަތެއްކަމަށް

Author
މުޙައްމަދު ޝަޒައިމް
20 ޖޫން 2022 07:36
0

ހުޅުމާލޭގެ "ވިނަރެސް" ހައުސިން ޕްރޮޖެކްޓަކީ މި ސަރުކާރުގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ދައުވާކުރައްވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އިމާރާތްކުރަން ފެށި އެ ޕްރޮޖެކްޓްގެ މަސައްކަތް އެއްކޮށް ނިންމައި އެޗްޑީސީއާ ހަވާލުކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މި މަޝްރޫޢު މުޅިން މިނިމެނީ ވިނަރެސްގައި ތަރައްޤީކުރާ 1344 ހައުސިން ޔުުނިޓާއެކުއެވެ. ވިނަރެސްގެ 10 ޓަވަރުގެ ތެރެއިން، 2 ޓަވަރު މުޅިން ނިންމައި ހަވާލުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙްމަދެެވެ. އަދި ސީމެކްއިން ހަވާލުކުރި ރަމްޒީ ތަޅުދަނޑިއާ ޙަވާލުވެވަޑައިގަތީ، ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މި މަޝްރޫޢުގައި 2009ވަނަ އަހަރު ސޮއިކުރެއްވީވެސް، އޭރުގެ ހައުސިން މިނިސްޓަރުގެ ޙައިސިއްޔަތުން އެމަނިކުފާނުކަމަށެވެ.

މަޝްރޫޢުގެ ތަފްސީލް ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ހުޅުމާލޭގައި ހިންގިކަމަށެވެ. އަދި ދެވަނަ ފިޔްވަހީގައި ހުޅުމާލޭގައި 796 ޔުނިޓް އަދި ރާއްޖޭގެ ދެކުނުގައި 704 ހައުސިން ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދިޔަކަމަށެވެ.

އަޅުގަނޑަށް ހައްގު އަދި އަޅުގަނޑު ދައުވާކުރަން މިއީ ވެސް ހަމަ އަޅުގަނޑުމެންގެ މިސަރުކާރުގެ މި ދައުރުގެ ތެރޭގައި ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެެއް ގޮތުގައި.

– އަސްލަމް ވިދާޅުވިއެވެ.

ޗައިނާގެ ލޯނު އެހީއެއްގެ ދަށުން ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންދިޔަ ފުރަތަމަ ޗައިނާގެ ކުންފުންޏަކީ ސީއެމްއީސީ ކަމަށާއި އެ ކުންފުނިން ވިނަރެސްގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ވެސް ދިން ޔަގީންކަމަކީ އެތަނުގެ ކޮލިޓީ ހިފަހައްޓާނެ ކަމުގެ ޔަގީންކަން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވިނަރެސްއަކީ މިމަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތެވެ. މިނިސްޓަރ ވިދާޅުވީ މި މި ހައުސިން ޔުނިޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް މިދިޔަ ދައުރުގެ ފަހުކޮޅި ފެށި ނަމަވެސް، 2009ވަނަ އަހަރު ސީމެކާއެކު ސޮއިކުރި 4000 ޔުނިޓްގެ އެއްބަސްވުމުގައި މި މަޝްރޫޢުވެސް ހިމެނޭކަމަށެވެ. އަސްލަމް ވިދާޅުވީ މި ދައުރު ފެށި އިރު، ވިނަރެސް 10 ޓަވަރުގެ ތެރެއިން ގިނަ އިމާރާތްތަކުގެ ފައުންޑޭޝަން މަސައްކަތްވެސް ފެށިފައި ނެތްކަމަށެވެ.

ވިނަރެސްގައި ހިމެނެނީ މުޅިންވެސް 3 ކޮޓަރީގެ ފްލެޓުތަކެވެ. އަސްލަމް ވިދާޅުވީ މިހާތަނަށް އައިއިރު، މިހާ ފެންވަރު ރަނގަޅުކޮށް ކުރިއަށްގެންދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ނެތްކަމަށެވެ. އަދި ގެތަކުގެ ތަނަވަސްކަމާއި، ކޮލިޓީއަށް ބަލާއިރުވެސް ސީމެކުން މަސައްކަތް ކުރިއަށްގެންދިޔައީ އެންމެ ފުރިހަމައަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުހައްމަދު
2015 ގައި ހިއްކި ބިމެއްގައި 2009 ގައި ކިހިނެއްތޯ އިމާރާތެއް އަޅަނީ. ދޮގުހެދުމުގަވެސް ހައްދުފަހަނަ އަޅާދަނީ...
U Undhulhi
ޙެހެ
މ މުންޖިޗޭ
މީހުންނަށް ނޭގޭކަހަލަ ދޮގެއް ހަދާކަށްވެސް މިފަހަރަކުނޭގުނު،، ތިޔަބުނާ ވެރިކަމެއްގައި ހުޅުމާލެ ދެވަނަ ފޭހެއް އުފަންނުވާކަމާއި ތިޔަބުނާ ފްލެޓްތަކުގެ ބަޖެޓް ހަމަޖައްސައި ކޮންޓްރެކްޓް ޙަވާލުކޮށް މަސައްކަތް ފަށައިގަނެވުނީ ކޮންއިރަކުކަންވެސް ރައްޔިތުންނަކަށް ނޯޅޭ. އެއީ ރާއްޖޭގައި އެންމެފުރަތަމަ އުފަންވި ފަންސަވީސް ބުރީގެ ޓަވަރުތަކުގެ ބަނޑުން އުފަންވި ދަރިންކަން މިދިވެހިންގެ ގިނަމީހުން ދަނޭ. އޮޅުވާލާކަށްވެސް މިފަހަރަކު ނޭގުނު.
ފ ފުލެޓުދޮންބެ
މައުލޫމާތު ރަނގަޅައް ބަލާލާ އޭރުން އިނގޭނެ ހަގީގަތް.. ކުންފުނިތަކާއި ދެމެދު އެއްބަސްވެފަ ހުރިތާރީހުތަކާއި އެކަމުގެ ތަފްސީލު ބަލާލީމަ އިނގިގެންދާނެ އަސްލަމް އެދެއްކި ވާހަކައިގެ ހަގީގަތް.. ޔާމިނު 25 ބުރީގެ ޓަވަރު އެމްޑީޕީ ވެރިކަމުގަ ފަންޑްރައިޒްކޮއް ހަމަޖެހިފައޮތް ކަމެއް ނުފަށާވާހަކައެއްނޫން...