ކޯވިޑް-19 ޖެހިގެން ފަރުވާދެމުން އައި މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ. ނިޔާވެފައި ވަނީ 66 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި އަނެއްކާވެސް ކޯވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޯވިޑް-19 ގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށް ސަމާލުކަން ދޭންވީ ކަންތައްތައް
* ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުން
* މާސްކް އެޅުން: ޚާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި
އެފަދަ ފަރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައާއި
އެތަންތަނަށް ޒިޔާރަތްކުރާއިރު
* ކޯވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުން
* ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން: 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓަރ ޖެހުމުގެ އިންތިޒާމުތައް މިހާރުވެސް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހާ ސެންޓަރުތަކާއި ގަޑިތައް ކޯވިޑް-19 ވެބްސައިޓުން ފެންނަން ހުންނާނެ
ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމާއެކު ބައެއް ޤައުމުތަކުގައި މިހާރުވެސް ކޯވިޑްގެ ހާލަތު އަންނަނީ ގޯސް ވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.