ބެޔާނަށް މާނޭ ވިއްކާލަން ލިވަޕޫލުން އެއްބަސްވެއްޖެ

ބެޔާނަށް މާނޭ ވިއްކާލަން ލިވަޕޫލުން އެއްބަސްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2022 04:28
0

އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅޭ ސެނެގާލްގެ ކުޅުންތެރިޔާ ސަޑިއޯ މާނޭ ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަން ބަޔޭން މިޔުނިކަށް ވިއްކާލުމަށް އެކްލަބްގެ މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި ލިވަޕޫލުން މާނޭ ވިއްކާލުމަށް އެއްބަސްވެފައިވަނީ 40 މިލިއަން ޔޫރޯގެ އަގަކަށެވެ. އަންނަ އަހަރު ޖޫންގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި މާނޭ ބޭނުންވީ ހަފްތާ އަކު 440,000 ޑޮލަރު ލިބޭ ގޮތަށް ލިވަޕޫލާ އެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއް ހެދުމަށެވެ.

އެ ހުށަހެޅުމާ އެއްގޮތަށް ލިވަޕޫލުން ކުރިއަށް ނުދެ އެވެ. ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ވެސް ވަނީ 480،000 ޑޮލަރު ހަފްތާ އަކު ލިބޭ ގޮތަށް ކޮންޓްރެކްޓް އާ ކުރަން ލިވަޕޫލަށް ހުށަހަޅައިފައެވެ. އެކަމަކު، އަންނަ ސީޒަނުގެ ނިޔަަލަށް ކޮންޓްރެކްޓްގައި ހުރި ސަލާހާ އެކު ލިވަޕޫލުން އަންނަނީ މަޝްވަރާތަކެއް ބާއްވަމުންނެވެ.

މާނޭ ލިވަޕޫލާއި ގުޅިފައިވަނީ 2016 ވަނަ އަހަރު ސައުތެމްޕްޓަންއިން 31 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އިތުރު ކަންތައްތަކާއެކު އިތުރު ދޭއްޕޮއިންޓް ފަހެއް މިލިއަން ޕައުންޑް އިތުރު ވެގެންދިޔަ ކަމަށްވެއެވެ. މާނޭވަނީ ލިވަޕޫލަށް ޕްރިމިއަރ ލީގުގައި 90 ލަނޑު ޖަހާދީފައެވެ. ލިވަޕޫލުން މިހާރުވަނީ މާނޭގެ ބަަދަލުގައި ބެންފީކާގެ ފޯވަޑް ޑަރވިން ނޫނޭޒް 64 މިލިއަން ޕައުންޑްގެ އަގަކަށް ސޮއިކޮށްފައެވެ. މާނޭ ވެފައިވަނީ ލިވަޕޫލްގެ ނުރައްކާތެރި ފޯވަޑް ލައިންގައި މުހަންމަދު ސަލާހް އާއި ރޮބާޓޯ ފިރްމީނޯ އާއި އެކު އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.