އެންމެފަހުން މަދޫއަށް މާމަ ދަރިފުޅު އުރާލަން ލިބިއްޖެ

އެންމެފަހުން މަދޫއަށް މާމަ ދަރިފުޅު އުރާލަން ލިބިއްޖެ

Author
ފާތިމަތު ނާވީ
18 ޖޫން 2022 11:39
0

މި އަހަރު ޖެނުއަރީ 15ގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް ދަރިއަކު ލިބުނު ފަހުން އެކުއްޖާ އުރާލުމަށް ކެތް މަދުވެފައިވާ ކަމަށް ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ދިޔައީ ބުނަމުންނެވެ.

ޕްރިޔަންކާއަށް ދަރިއަކު ލިބުނު އިރު މަދޫ ހުރީ އިންޑިއާގައެވެ. އެހެން ކަމުން ދަރިފުޅު ދެކިލުމުގެ ފުރުސަތު މަދޫ އަށް ނުލިބެއެވެ. އަދި ދަރިފުޅު ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން އެކުއްޖާ ހޮސްޕިޓަލުގައިވެސް ގިނަ ދުވަސްތަކަކު ބާއްވަން ޖެހުނެއެވެ.

ނިކް ޖޯނަސް އާއި 2018 ވަނަ އަހަރު ކައިެވނި ކުރި ފަހުން ޕްރިޔަންކާ އުޅެމުން އަންނަނީ ލޮސްއެންޖަލިސް ގައިއެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ނިކާއި ޕްރިޔަންކާ ދަރިއަކު ހޯދާފައިވަނީ ސަރޮގެސީ މެދުވެރިކޮށެވެ. އަދި އެ ކުއްޖާއަށް ކިޔާފައިވަނީ މާލްތީ މޭރީ ޗޯޕްޅާ ޖޯނަސް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.