ގެއެއްގެ ދޮރެއް ވަގަށްނެގި މީހަކު ހޯދަނީ

ގެއެއްގެ ދޮރެއް ވަގަށްނެގި މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
15 ޖޫން 2022 11:00
0

ގެއެއްގެ ދޮރު ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ އެމީހާ ހޯދަން އިއުނާލާން ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހުގެ ވަގުތެއްގައި ރަތްވިލާމަގުގައި ހުރި ގެއެއްގެ ދޮރުފަތް ނައްޓާލާފައި ބަހައްޓާފައި ހުއްޓާ ވަގަށް ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިސްގެ އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ކަމަށެވެ.

ވީޑިއޯއާއިއެކު ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

މާލޭގައި ވައްކަމާއި ފޭރުން އާންމުވެފައިވާއިރު، މިކަންމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުންން ދަނީ ޚާއްސަ އިރުޝާދުތަކެއް ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.