ރާއްޖޭގެ ސްކޫލުތަކުގައި ނަމާދު ކުރުމަކީ ހަރުކަށި ކަމެއްގެ ގޮތުގައި ނުބަލާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރާއި މިއަދު މަޖިލީހުގައި ކުރެވުނު ސުވާލުތަކުގެ ތެރެއިން ޔޫތު މިނިސްޓްރީގެ އިސްނެގުމަށް ސުކޫލު ޓީޗަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ޕްރޮގުރާމެއްގައި ނަމާދު ގަނޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއްކަމަށް ކިޔައި ދީފައިވާކަމަށްބުނެ ފަތުރިފައިވާ ޚަބަރާއި ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ސްކޫލުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހުންނާނެކަމަށެވެ.
ސްކޫލުތަކުގައި ދަރިވަރުން ނަމާދު ކުރުމާއި، އިސްލާމްދީނުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ޒަމާނުއްސުރެއް ބާރުއަޅާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންމެ ސްކޫލެއްގައިވެސް ދަރިވަރުންނަށް ނަމާދު ކުރެވޭ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލުތަކުގެ ތެރޭގައި ނަމާދު ކުރުން އެއީ ހަރުކަށި ކަމެއްކަމު ނުބަލަން. އެއީ އިސްލާމްދީނުގެ ރުކުނެއް. އެހެންވީމާ ނަމާދު ކުރަން ސްކޫލުތަކުން ހަމަ އެންކަރޭޖް ކުރާނެ.
– މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.
ހަފުތާ ރެސް"ގެ ނަމުގައި ރ.އުނގޫފާރުގައި ބޭއްވި ހަފްތާރރސް ޕްރޮގުރާމުގެ ފަސްވަނަ ދުވަހު އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާއެކު މި ޝިއާރުގެ ދަށުން ބޭއްވި ސެޝަނުގައި ކުދިން ހަރުކަށި ފިކުރާ ދިމާލަށް ދާކަން ދެނެގަންނާނެ ގޮތްތަކެއް ކިޔައިދީފައިވެއެވެ.
އޭގެ ތެރޭގައި ސުކޫލު ވަގުތުގައި ނަމާދުގެ ވަގުތަށް އިސްކަންދިނުމާއި، ފުރާވަރުގެ ކުދިން ތުނބުޅި ބެހެއްޓުމާއި، އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަން ހިމަނައިގެން ތައްޔާރުކުރި ލިސްޓަކީ ކުރީ ކޮޅުގައި ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަ އަލާމާތްތައް ކަމަށް ބުނެދީފައިވެއެވެ.
ކޮމެންޓު ފޮނުވާ