ހުޅުމާލޭގައި މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވި ބިދޭސީންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.
ފުލުހުން މިކަން ކަށަވަރުކޮށްދެއެވެ. އަނިޔާވި އެހެން ބިދޭސީއަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ފުލުހުން ބުނެފައިވަނީ ހުޅުމާލޭ ފޭސް 2ގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓައިނާއިން މާބުލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި 2 މީހަކު ތާށިވެފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 15:30 ފުލުހުންނަސް ރިޕޯޓް ކޮށްފައިވާކަމަށެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލޭ ފޭސް 2ގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓައިނާއިން މާބުލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި 2 މީހަކު ތާށިވެފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 15:30 ފުލުހުންނަސް ރިޕޯޓް ކޮށްފައިވާކަމަށެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ 2 ބިދޭސީ ފިރިހެނަކަށެވެ. އެތަނުން އެކަކު މަރުވެފައިވަކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަނެއްމީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.