ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް އިންޑިއާގައި ހިނގަމުންދާ މުޒާހިތާކުގައި ދެމީހަކު މަރުވެއްޖެ

ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް އިންޑިއާގައި ހިނގަމުންދާ މުޒާހިތާކުގައި ދެމީހަކު މަރުވެއްޖެ

އިންޑިއާގެ ވެރިކަން ކުރަމުންދާ ހިންދޫންގެ ވަތަނީ ޕާޓީ ބީޖޭޕީގެ އިސް ދެ އޮފިޝަލަކު މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް އިންޑިއާގައި ކުރިޔަށްދާ މުޒާހިރާތަކުގެ ތެރެއަށް ފުލުހުން ބަޑި ޖެހުމުގެ ސަބަބުން ދެމީހަކު މަރުވެއްޖެއެވެ. ފުލުހުންގެ އޮފިސަރަކު އޭއެފްޕީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ފުލުހުން ބަޑިޖަހާފައިވަނީ ހުކުރު ދުވަހު އިންޑިއާގައި ކުރިޔަށް ގޮސްފައިވާ މުޒާހިރާތަކުގެ ތެރެއަށެވެ.

"މުޒާހިރާކުރަމުން ދިޔަ މީހުން ދުރަށް ޖެއްސުމަށްޓަކާ ފުލުހުންނަށް ބަޑިޖަހަން މަޖުބޫރުވީ. އަދި ބައެއް މީހުންގެ ގަޔަށް ވަޒަން އަރާ ދެމީހަކު ވަނީ މަރުވެފަ،" އިންޑިއާގެ އިރުމަތީ ސިޓީއެއް ކަމުގައިވާ ރާންޗިގެ ފޮލިސް އޮފިސަރަކު އޭއެފްޕީއަށް މައުލޫމާތުދެމުން ވިދާޅުވެފައި ވެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް ތަރުޖަމާ ނުފުރު ޝަރުމާ، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ޓީވީ ބަހުސެއްގައި ވާހަ ދެއްކުމާއި ގުޅިގެން އިންޑިއާއަށް ޑިޕްލޮމެޓިކް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައި ވަނިކޮށް، ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ނިއު ދިއްލީގެ ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި، ސަސްޕެންޑް ކޮށްފައިވާ އިސް ތަރުޖަމާން ނުފުރު ޝަރުމާއާއި ދެކޮޅަށް މިހާރުވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ކަމުގައެވެ. ފުލުހުހަށް މައްސަލަ ހުށަހަޅަފައިވަނީ، "ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރު ދިނުމުގެ" ތުހުމަތުގައި ކަމަށްވެސް ފުލުހުން ހާމަ ކޮށްފައި ވެއެވެ.

ޕީޖޭޕީގެ އިސް ތަރުޖަމާން ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އިންޑިއާއާއި އަރަބި އިސްލާމީ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. މިގޮތުން އިސްލާމީ ބޮޑެތި ބައެއް ގައުމުތައް ކަމަށްވާ، ސައުދީ އަރަބިއާއާއި، އިރާންއާއި، ގަތަރާއި ކުވައިތުންވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް އޮފިޝަލުގެ މިއަމަލު ކޮށްވެރިކޮށް ބަޔާން ނެރެފައެވެ. އަދި ބައެއް ގައުމުތަކުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ފޮރިންގ މިނިސްޓްރީއަށް ހާޒިރު ކޮށްފައެވެ.

އިންޑިއާގެ 1.4 ބިލިއަންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ %14 އެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ހިންދޫންނާއި މުސްލިމުންނާއި ދެމެދު ހިގާ ހަމަނުޖެހުންތައްވަނީ އިތުރު ވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *