ވެލެންސިއާގެ ކޯޗަކަށް ގަޓޫސޯ

ވެލެންސިއާގެ ކޯޗަކަށް ގަޓޫސޯ

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2022 10:26
0

ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ ވެލެންސިއާގެ ކޯޗަކަށް އިޓަލީގެ ގެނާރޯ ގަޓޫސޯ ހަމަޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އައްޔަން ކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 44 އަހަރުގެ ގަޓޫސޯ އެންމެފަހުން ކޯޗުކޮށްދީފައިވަނީ އިޓާލިއަން ލީގުގެ ނާޕޮލީއަށެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު އެ ކްލަބް ދޫކޮށްލިފަހުން މިހާތަނަށް ހުރީ އެއްވެސް ކްލަބަކާއި ނުގުޅިއެވެ.

އިޓަލީގެ ޤައުމީ ޓީމަށް ކުރިން ކުޅުނު ގަޓޫސޯ ވަނީ މި ނިމުނު ސީޒަނަށް އިޓާލިއަން ލީގުގެ ފިއޮރެންޓީނާގެ ކޯޗަކަށް ހަމަޖެއްސިކަން އެ ކްލަބުން ހާމަކޮށްފައެވެ. ނަމަވެސް ސީޒަން ފެށުމުގެ ކުރިން އޭނާ ވަނީ އެމަގާމުން ދުރުވެފައެވެ.

އޭސީ މިލާނަށް 13 އަހަރު ކުޅެފައިވާ ގަޓޫސޯ ވެލެންސިއާގެ ކޯޗުގެ މަގާމަށް މި އައްޔަންކުރީ އެ މަގާމުގައި ހުރި ހޯސޭ ބޯޑަލާސް މަގާމުން ވަކިކުރުމަށްފަހުއެވެ. ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ވެލެންސިއާ މިދިޔަ ސީޒަން ނިންމާލީ ލީގުގެ ނުވަވަނައިގައި އޮވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.