ކަނޑުމަގުން ރާއްޖެ އެތެރެކުރި ކޮންޓެއިނަރެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އަދިވެސް އަންނަނީ އެ ކޮންޓެއިނަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކޮންޓެއިނަރުގައި ގިނަ އަދަދެއްގެ ޑްރަގްސް ހުރި ކަމަށާއި އެ ތަކެތި ހުރީ އެކި އެއްޗެއްސަށް އަޅައި ޕެކްކޮށްފައި ކަމަށް ވަނީ އެނގިފައެވެ.
މިހާތަނަށް ފެނިފައި ވަނީ ސީދާ ކިހާ އަދަދެއްގެ އަދި ކޮން ބާވަތެއްގެ ޑްރަގްސް ކަމެއް އަދި ނޭނގެއެވެ. ފުލުހުން ބުނީ އެމްޕީއެލް ޕޯޓަށް އިއްޔެ ބޭލި ކޮންޓެއިނަރެއް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ.
މިހާރު ފުލުހުންނާއި ކަސްޓަމްސްއިން ކޮންޓެއިނަރު ޗެކްކުރުން ކުރިއަށް ގެންދާއިރު، މިހާތަނަށް ފެނިފައިވަނީ ސީދާ ކިހާ އަދަދެއްގެ އަދި ކޮން ބާވަތެއްގެ މަސްތަވުތަކެތިކަން އެނގިފައިނުވެއެވެ.
މަސްތުވާތަކެތީގެ ބޮޑު ދެ ޕެލެޓް ރާއްޖެ އެތެރެ ވިޔަ ނުދީ ހިފަހައްޓާފައި ވާއިރު، އެތެރެހަށީގައި ރައްކާކޮށްގެން، އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރި މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއްޔެ ވެސް ވަނީ އަތުލައިގެންފައެވެ.
ކޮމެންޓު ފޮނުވާ