ސޮނާކްޝީ އާއި ޒަހީރު ރައްޓެހިވެގެން އުޅޭކަން ކަށަވަރު ކޮށްްދީފި

ސޮނާކްޝީ އާއި ޒަހީރު ރައްޓެހިވެގެން އުޅޭކަން ކަށަވަރު ކޮށްްދީފި

Author
ފާތިމަތު ނާވީ
08 ޖޫން 2022 04:19
0

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އެކްޓަރ ޒަހީރު އިގްބާލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

މި ވާހަކަތަކަށް މީގެ ކުރިން ދެމީހުންކުރެ އެކަކުވެސް އެއްވެސް ޖާވާބެއް ދީފައެއް ނުވެއެވެ. މި އަޑުތައް އަރަމުންދާ ދަނޑިވަޅުގައި މި ދެމީހުން ރައްޓެހިވެގެން އުޅޭކަން ޒަހީރު ކަށަވަރު ކޮށްދީފިއެވެ.

އިންސްޓަގްރާމްގައި ޒަހީރު ވަނީ ސޮނާކްޝިގެ އުފަންދުވަހުގެ މުނާސަބަތުގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ. މިއީ އެދެމީހުން އެކި ދިވަސްތަކެއްގެ މަތިން ނަގާފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯތައް ހިއްސާ ކުރަމުން ލޯބިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ޕޯސްޓަށް ކޮމެންޓް ކުރަމުން ސޮނާކްޝީވެސް ލޯބި ފާޅުކޮށްފައި ވެއެވެ.

 

View this post on Instagram

 

A post shared by Zaheer Iqbal (@iamzahero)

ކުރީގެ އެކްޓަރ ޝަތުރުގަން ސިންހާގެ ދަރިފުޅު ސޮނާކްޝީ ބޮލީވުޑަށް ނުކުތީ ސަލްމާނާ އެކީ ކުޅުނު 2010ގެ "ދަބަންގް" އިންނެވެ. ގަހަނާގެ ވިޔަފާރި އާއިލާއަކަށް ނިސްބަތްވާ ޒަހީރު ބޮލީވުޑަށް ނެރުނީ ސަލްމާން ޕްރޮޑިއުސްކުރި 2019ގެ "ނޯޓްބުކް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.