ފާއިތުވި ހަފްތާ 84 މީހަކު ކޯވިޑަށް ޕޮޒިޓިވްވި

ފާއިތުވި ހަފްތާ 84 މީހަކު ކޯވިޑަށް ޕޮޒިޓިވްވި

ފާއިތުވި ހަފްތާގައި ކޯވިޑަށް 84 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވި ހަފްތާގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 84 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްި 37 މީހުންނާއި، މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 9 މީހުންނެވެ. އަދި ރިސޯޓްތަކާއި ސަފާރީތައް އަދި ސިނާއީ ރަށްތައް ހިމެނޭހެން 38 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 179837 އަށް އަރާފައެވެ.

ވެކްސިން ޖަހާ އަދަދު ދަނީ ވަރަށް ބޮޑަށް ދައްވަމުންނެވެ. މިދިޔަ ހަފްތާގައި ވެކްސިންގެ ފުރަތަމަ ޑޯޒް 45 މީހުން ޖެހިއެވެ. އަދި ދެވަނަ ޑޯޒް 91 މީހުން އަދި ބޫސްޓަރ ޑޯޒް 651 މީހުން ޖަހާފައިވެއެވެ. ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު މިދިޔަ ހަފްތާގައި އިތުރެވެ.

މިއާއެކު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 398727 މީހުން ނުވަތަ %88.06 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް މިވަނީ ފުރިހަމަ ކޮށްފައެވެ. ދެވަނަ ޑޯޒް 384274 މީހުން ނުވަތަ %84.87 މީހުން އަދި ބޫސްޓަރ ޑޯޒް 161562 މީހުން ނުވަތަ %35.68 މީހުން މިވަނީ ޖަހާފައެވެ.

އެޗްޕީއޭއިން އަދިވެސްދަނީ ވެކްސިން ފުރިހަމަކުރުމަށް ގޮވާލަމުންނެވެ. އެއީ ބަލިން ދިފާޢީ ނިޒާމު ވަރުގަދަ ކުރުމާއި ބައެއް ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު އަދިވެސް ވެކްސިން ފުރިހަމަކޮށްފައި ވޭތޯ ބަލަމުން ދާތީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *