ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަތު އުނގުރި ލުއްސާލައިގެން މި އޮޑީގައި ތިބުމަކީ ރައްކާތެރިކަމެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަހަރު ނެގި ބޮޑެތި ދަރަނިތަކާއިއެކު ރާއްޖޭގެ ދަރަނި 100 ބިލިއަނާ ގާތަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދެއްކުމާއި ގުޅިގެން ރާއްޖޭގެ ދަރަނި ޚަރަދުތައް މެނޭޖު ކުރުމަށް މަޖިލީހުން ދީފައިވާ އެއްބާރުލުން ފާހަގަކޮށް ކުރެއްވި ޓުވީޓުގައެވެ.
ބޮންޑޭ ވިދާޅުވީ ކޯވިޑާއި ގުޅިގެން ދިމާވި އިޤްތިޞާދީ ކަންކަން ހައްލު ކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީން އެދުމުން އެކަން ކޮށްދީފައިވާނެކަމަށެވެ. އެގޮތުން ފ4.4 ބިލިޔަން ރުފިޔާ އޯވަ ޑްރޯ ކުރުމަށް ވަނީ ހުއްދަ ދެވިފައިކަމަށެވެ. އަދި ފަހުން އެދަދަދު އިތުރު ކޮށްދޭން އެދުމުންވެސް އެކަން މަޖިލީހުން ކޮށްދީފައިވާކަމަށެވެ.
ނަމަވެސް މިހާރު ފެނިގެންދަނީ އެއްވެސް ހަމައެއް އުސޫލެއްނެތި ދައުލަތުގެ ޚަރަދަށް ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބޭނުން ހިތުހުރި ގޮތަކަށް ކުރަމުންދާކަމަށެވެ. ޚަރަދަށް ޒިންމާވާ ޤާނޫނުގެ "ވަތު ބަތާނަ" ލުއްސައިލައިގެން ކުރިއަށްދާނަމަ އެއީ އެކަމުގެ ނުރައްކާ އިންތިހާއަށް އޮތް ކަމެއްކަމަށް ބޮންޑޭ ވަނީ ވިދާޅުވެފަވެ.
ކޮވިޑްތެރޭ ސަރުކާރުން އެދުނު ގޮތަށް 4.4 ބިލިއަން އޯޑީ ފެސިލިޓީ ވަނީ ދޫކުރެވިފަ. އަލުން އިތުކޮށްދޭން އެދުނު ލިމިޓް 4.4 ބިލިއަން ވެސް ވަނީ އިތުރު ކޮށްދީފައެވެ. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަތު އުނގުރި ލުއްސާލައިގެން މި އޮޑީގައި ތިބުމަކީ ރައްކާތެރިކަމެއް ނޫނެވެ!
– ބޮންޑޭ ވިދާޅުވިއެވެ.
ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކުން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ދީފައިވާ ހުއްދަ މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓުން އޯވާޑްރޯ ކުރެވޭ މުއްދަތު ދަންމާލަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްދީފައެވެ. ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ.
ރާއްޖޭގެ އިޤްތިޞާދު ހީނަރުވަމުންދާ މިދަނޑިވަޅުގައި ދައުލަތުގެ ދަރަނި ދަނީ އިންތިހާއަށް މައްޗަށް އަރަމުންނެވެ. މިއަހަރު ނެގި ބޮޑެތި ދަރަނިތަކާއިއެކު ރާއްޖޭގެ ދަރަނި 100 ބިލިއަނާ ގާތަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން %122 އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 865.2 މިލިއަން ޑޮލަރެވެ.
ކޮމެންޓު ފޮނުވާ