ރިސޯޓެއް ތަރައްޤީކުރަން ދޫކުރި ވ.އަތޮޅު އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ލައިވްކުރަން ކްރިމިނަލް ކޯޓުން ނިންމާފައި އޮތް ޘަރީޢތަް މައްސަލަ ބައްލަވާ ޤާޝީ އާލާސްކަންފުޅާއި އުޅުއްވާތީ ކެންސަލް ކޮށްފިއެވެ. މި ޝަރީޢަތް ބާއްވަން ތައާވަލުކޮސްފައި އޮތީ މިއަދު ހެނދުނު 1300 އަށެވެ.
މިއަދު ބާއްވަން އުޅުނު ޝަރީޢަތާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން އިއްޔެ ބުނެފައިވަނީ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވާ މަނީ ލޯންޑްރިންގ އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ މައްސަލައިގައި އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރާނެކަމަށެވެ.
މިއަދު ޝަރީޢަތް ކެންސަލް ވުމާއި ގުޅިގެން ދެން މި އަޑުއެހުން ބާއްވާނެ ދުވަހެއް ކްރިމިނަލް ކޯޓުން ނުބުނެއެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓް ހެދުމަށް ވ.އާރަށް ކުއްޔަށް ނެގުމުގެ މުޢާމަލާތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސްޔަތުން، ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ މިފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމަވި ހިސާބުން ފެށިގެން މިއީ ކުށުގެ ޢަމަލެއްކަމަށް ވާކަމުގައެވެ. އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގަން ޖެހޭ މުއާމަލާތެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ކޮށްފައި އޮތުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށް ވަނީ ބުނެފައެވެ.
ވ.އާރަށުގެ އިތުރުން ފުއްގިރި ކުއްޔަށް ދިން މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދަށުވާ އުފުލާފައެވެ. އެ ދެ މައްސަލަވެސް ކުރިއަށްގެންދަނީ ވަކިންނެވެ.
ކޮމެންޓު ފޮނުވާ