ޑޮލަރުގެ ކްރެޑިޓް ލިމިޓް ވަރަށް އަހަށް އުފުލާނަން: ޓިމް

ޑޮލަރުގެ ކްރެޑިޓް ލިމިޓް ވަރަށް އަހަށް އުފުލާނަން: ޓިމް

ބޭންކު އޮފް މޯލްޑިވްސްއިން ހިފަހައްޓާފައިވާ، އެ ބޭންކުން ދޫކޮށްފައިވާ ކްރެޑިޓް ކާރޑުގެ ޑޮލަރުގެ ލިމިޓަށް ވަރަށް އަވަހަށް ބަދަލު ގެންނާނޭ ކަމުގައި ބޭންކުގެ ސީއީއޯ ޓިމޮތީ ސޯޔާ ވިދާޅު ވެއްޖެއެވެ.

ބޭންކު އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާރުޑުގެ ލިމިޓް، ޑޮލަރުގެ ތާށިކަމާހުރެ ދަށްކުރުމަށްފަހު ދުވާލަކަށް 750 ޑޮލަރަށް މަތި ކޮށްފައިވަނީ ފާއިތުވެދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. ކޯވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިތަކުގެ ސަބަބުން، ރާއްޖެއަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެ، ބޭންކު އޮފް މޯލްޑިވްސް އިން އެބޭންކުގެ ކްރެޑިޓް ކާޑުގެ ބޭނުން ކޮށްގެން ކުރެވޭޑޮލަރުގެ މުއާމަލާތް ދުވާލަކަށް 250 އެމެރިކާ ޑޮލަރަށް ހަމަޖެއްސީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެއަށްފަހު ފާއިތުވި އަހަރުގެ ޖުލައިމަހު އެ އަދަދު 500 ޑޮލަރަށް ބޭންކުން ބޮޑު ކޮށްފައި ވެއެވެ.

ރޭ ބޭއްވުނު ބޭންކު އޮފް މޯލްޑިވްސްގެ އަހަރަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން، ބޭންކުގެ ސީއީއޯ ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަކީ އެ ބޭންކަށް އެކަނި ކުރެވޭ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް، ޑޮލަރުގެ ނާޒުކު މައްލައަށް ހައްލެއް ހޯދުމަށް ބޭންކަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

ޓިމް ވިދާޅުވި ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަކީ ހަމަ އެކަނި ފަތުރުވެރިކަމަށް ކުރިމަތިވީ ގޮންޖެހުންތަކާއި ގުޅުންހުރި މައްސަލައެއް ނުންކަމަށާއި، މިމައްސަލައާއި މުޅި ދުނިޔޭގެ ޑޮލަރުގެ މާރކެޓަށް އަންނަ ބަދަލުތަކާވެސް ގުޅުން އޮތް ކަމުގައެވެ.

މިގޮތުން އޭނާ ވިދާޅުވި ގޮތުގައި، ކޯވިޑްގެ ތެރޭގައި އެމެރިކާއިން ޗާޕްކުރި ޑޮލަރު މިހާރު އެގައުމުގެ ރިޒާވަށް އަލުން ވައްދަން ފަށާފައި ވާކަމަށާއި، މިހާތަނަށްވެސް ޓްރިލިއަން ޑޮލަރު އެމެރިކާއިން އިންޓަނޭޝަނަލް މާރކެޓުން އަނބުރާ ގެންގޮސްފައި ވާކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރުވެސް ކޮންމެ މަހަކު ބޭންކުންދަނީ 20 މިލިއަން ޑޮލަރުގެ ޓްރާންސެކްޝަންތައް ކުރަމުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *