"އިންޑިއާ އައުޓް" މުޒާހަރާއިން ރޭ ހައްޔަރު ކުރި މީހުންވެސް ދޫކޮށްލަން އަމުރުކޮށްފި

"އިންޑިއާ އައުޓް" މުޒާހަރާއިން ރޭ ހައްޔަރު ކުރި މީހުންވެސް ދޫކޮށްލަން އަމުރުކޮށްފި

އިދިކޮޅު ކޯލިޝަނުން ރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ފުލުހުން ހައްޔަރުކުރި ތިން މީހުން ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ އިންޑިއާ ހަކޮމިޝަން ދިރިއުޅުއްވާ ފްލެޓް ކައިރީގައި ކުރަމުންދާ އިހުތިޖާޖުގައި ބައިވެރިވާ މީހުން ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އެއްވި މީހުން ތިބީ އިންޑިއާ އައުޓް ބެނާތަކާއި ދިދަތައް ހިފައިގެންނެވެ. އިދިކޮޅު ކޯލިޝަނުން މާލޭގައި މިފަހަކަށް އައިސް ހިންގާ އިންޑިއާ އައުޓް ހަރަކާތުގައި ގިނަ ބަޔަކު ހައްޔަރުކޮށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލައެވެ.

ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ކޯޓުންވަނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ޤަވާއިދާ ޚިލާފަށް ކަމަށް ބުނެ 3 މީހުން ދޫކޮށްލަން ހުކުމްކޮށްފައެވެ. އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވި މީހުން ދޫކޮށްލާފައިވާއިރު ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް އިންޑިއާ އައުޓް އަންނަނީ ލިޔަމުންނެވެ. ނަމަވެސް އެ ހަރަކާތަކީ އިންޑިއާ މެދު ނަފްރަތު އުފެއްދުމުގެ މަޤްޞަދުގައި ހިންގާ އަދި ޤައުމީ ސަލާމަތަށް ނުރައްކާހުރި ހަރަކާތެއްކަމަށް ބުނެ ސަރުކާރުން ވަނީ އެހަރަކާތް ހުއްޓުވުމަށް އެކި ގޮތްގޮތުން މަސައްކަތް ފަށާފައެވެ. މިގޮތުން ރައީސް ޞާލިޙްގެ ރިޔާސީ ޤަރާރަކުން ވަނީއެ ހަރަކާތް ހުއްޓުވުމަށް ކަމާގުޅުންހުރި އިދާރާތަކަށް އަމަުރުކުރައްވާފައެވެ.

ނަމަވެސް އެ ޤަރާރަށް ގޮންޖަހާ އެ ހަރަކާތް އަންނަނީ ހިންގަމުންނެވެ. މިގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެކޮޅު މާފަންނު ވިލާ، އަދި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ފާރުގައިވެސް ދާދިފަހުން ވަނީ އިންޑިއާ އައުޓް ލިޔެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *