ހުޅުމާލޭގައި ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފުކެޓްތަކަށް ކަރަންޓު ދެވޭނީ އަންނަ ސެޕްޓެމްބަރު މަހުކަމަށް އެޗްޑިސީން ބުނެފިއެވެ.
އެޗްޑިސީން މިއަދު ނެރު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ގާއިމުކުރެވެމުންދާ ކަރަންޓު ނެޓްވާރކަކީ އެ ކުންފުނިން ބްރައުންސް-ސީީ.އެމް.އީ.ސީއަށް ކޮންޓްރެކްތް އުސޫލުން ހަ ހަވާލު ކޮށްގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯގެ)ގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދަމުންދާ މަޝްރޫޢެއް ކަމުގައެވެ. އެގޮތުން، މި މަޝްރޫޢުގައި ސްޓެލްކޯގެ މަސްއޫލިއްޔަތަކީ، އެޗްޑިސީއާއި ސްޓެލްކޯއާ ދެމެދު ފައިވާ އެއްބަސްވުމާ އެއްގޮތަށް، މަސްރޫޢުގެ ޑިޒައިންތަށް ބަލައި ފާސްކޮށް، ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމުގައިވެސް އެޗްޑިސީން ހާމަ ކޮށްފައި ވެއެވެ. އަދި އެޗްޑިސީން ވިދާޅުވެފައިވަނީ މި މަސްރޫޢުގައި މިވަގުތު ކުރެވެމުން ދަނީ ޑިޒައިންތަށް ބަލައި ފާސްކުރުމާއި އަދި މައި ސަބްސްޓެން ފައުންޑޭޓަންގެ އަމަލީ މަސައްކަތްތައް ކަމުގައެވެ.
އަދި މީގެ އިތުރުން ފޭސް 2 ގައި މީހުން ދިރިއުޅެން ފެށުމާއެކު ވަގުތީގޮތުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި ސްޓެލްކޯއާއެކު މަޝްވަރާތައް ކުރެވިފައި ވާނެކަމަށާއި، 2 ވަނަ ފިޔަވަހީގައި ހުރި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކަށް ސްޓެލްކޯ އާއި އެފަރާތްތަކާއި މެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ވަގުތީ ގޮތުން ކަރަންޓުގެ ޚިދުމތް ފޯރުކޮށްދެމުން ދާކަން މި ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
މިގޮތުން، އެޗްޑިސީގެ ޕްރޮޖެކްޓެއް ކަމަށްވާ ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމަށް ތައްޔާރުވުމަށްޓަކައި އެކުންފުނިން ޚަރަދުކޮށް، ސްޓެލްކޯ އާއި ބްރައުންސް-ސީ.އެމް.އީ.ސީ އަށް ހަވާލުކޮށްގެން ކަރަންޓު ނެޓްވާކް ގާއމުކުރެވިފައި ވުމުގެ އިތުރުން، މިއުސޫލުން ސްޓެލްކޯ އާއި ގުޅިގެން ސަރުކާރުގެ ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެކަންވެސް އެޗްޑީސީން ހާމަ ކޮށްފައި ވެއެވެ.