ސަފާރީއެއްގައި ޖެހި ލަކުޑި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ

ސަފާރީއެއްގައި ޖެހި ލަކުޑި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ

Author
މުޙައްމަދު ޝަޒައިމް
25 މެއި 2022 02:07
0

ލަކުޑި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެއް ސަފާރީއެއްގައި ޖެހި އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މާލޭ ހުޅަނގުފަރާތު ކަނޑުމަތިން ސަފާރީއަކާއި މުދާ އުފުލާ ދޯންޏެއް ޖެހި، އެކްސިޑެންޓެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުން ދާކަމަށެވެ.

އެކްސިޑެންޓްގައި "ހުވަނދުމާ 2″ ދޯނި ފަޅައިގެންގޮސް އަޑިއަށްދާތީ، ކޯސްޓްގާޑުން ވަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ. ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްފައި އޮތް "ހުވަނދުމާ 2″ ދޯނި ޓީ ޖެޓީ ސަރަޙައްދަށް ވަތްފަހުން، އެ ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.

ދޯނި އަޑިއަށް ގޮސްފައިވާއިރު ދޯނީގައި ހުރި ލަކުޑިތައް އޮޔާދާ ވީޑިއޯވެސް ސޯޝަލް މިޑިއާގައި ވަނީ އާންމުވެފައެވެ. އެމްއެންޑީއެފުން ދަނީ ކެރޭނެއްގެ އެހީގައި އެ އުޅަނދު ފެންމަތިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.