4 އަންހެން ތަރިން ފެނިގެންދާ ފިލްމް "ދަކް ދަކް" ގެ ޝޫޓިން ފަށައިފި

4 އަންހެން ތަރިން ފެނިގެންދާ ފިލްމް "ދަކް ދަކް" ގެ ޝޫޓިން ފަށައިފި

Author
ފާތިމަތު ނާވީ
26 މެއި 2022 02:43
0

ލީޑުރޯލުން 4 އަންހެން ތަރިން ފެނިގެންދާ ފިލްމް "ދަކް ދަކް" ގެ ޝޫޓިން ފަށައިފިއެވެ.

ފިލްމް ގެ ލީޑުން ފެނިގެން ދާނީ ފާތިމާ ސަނާ ޝައިޚް، ދިއާ މިރްޒާ، ރަތުނާ ޕާތަކް ޝާހް އަދި ސަންޖަނާ ސަންގީއެވެ.

މި ފިލްމްގެ ފަސްޓް ލުކް މިހާރު ހިއްސާކޮށްފައިވާ އިރު މި ފިލްމް ޑައިރެކްޓް ކުރަނީ ތަރޫން ދުޖެދާއެވެ. އަދި ފިލްމް ޕްރޮޑިއުސް ކުރަނީ ތާޕްސީ، ޕްރަންޖަލް ޚަންދްދިޔާ، އަދި އަޔޫޝް މަހެޝްވާރީއެވެ.

ރޯޑް ޓްރިޕެއް ދައްކުވައިދޭ މި ފިލްމަކީ ޕަރިޖަތު ޖޯޝީ އާއި ތަރޫން ދުޑެޖާ ގުޅިގެން ލިޔެފައިވާ ފިލްމެކެވެ. މި ފިލްމް އަކީ ދިއާ މިރްޒާ ކައިވެނީގެ އިތުރުން އަލަތު ދަރިފުޅު ލިބުން ފަހުން ކުޅޭ ފުރަތަމަ ފިލްމްއެވެ.

 

View this post on Instagram

 

A post shared by Taapsee Pannu (@taapsee)

މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރާނީ 2023 ވަނަ އަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.