ވުމެން އެންޑް ޑިމޮކްރަސީގެ އަންހެނުންނަށް ހާއްސަ ހޮޓްލައިނަށް އިނގިރޭސި ރާނީގެ ޓްރަސްޓްގެ އެހީ

ވުމެން އެންޑް ޑިމޮކްރަސީގެ އަންހެނުންނަށް ހާއްސަ ހޮޓްލައިނަށް އިނގިރޭސި ރާނީގެ ޓްރަސްޓްގެ އެހީ

ގުޅުންހުރި

އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ގެވެށި އަނިޔާއާއި ޖިންސީ އެކިއެކި ފުރައްސާރައާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް، ވުމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ފަރާތުން ތަޢާރަފްކޮށްފައިވާ ހޮޓްލައިން އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް އިނގިރޭސި ރާނީގެ ޓްރަސްޓުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކޯވިޑް-19ގެ ސަބަބުން ނަފްސާނީ އެހީތެރިކަން ބޭނުންވާ އަންހެނުންނަށް ހިލޭ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޖަމިއްޔާއިން ވަނީ ހޮޓްލައިނެއް ގާއިމުކޮށްފައެވެ.

ވިމެން އެންޑް ޑިމޮކްރަސީގެ ރައީސާ ސަފާތު އަހުމަދު ޒާހިދު ވިދާޅުވީ މި ހޮޓްލައިނަކީ އަންހެނުންނަށް ކުރިމަތިވާ ނަފްސާނީ އެކިއެކި ކަންކަމުގައި ހިލޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކުރި ހޮޓްލައިނަކަށް ވީނަމަވެސް މި ހޮޓްލައިނުން އަންހެނުންނަށް ކުރިމަތިވާ ގެވެށި އަނިޔާއާއި ޖިންސީ ގޯނާގެ ކަންކަމާގުޅޭ އެހީތެރިކަންވެސް ފޯރުކޮށްދެމުން ގެންދާކަމަށެވެ.

މި ހޮޓްލައިންގެ ހިދުމަތް ހޯދާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކުރެވޭނެ ކަމަށާއި ހޮޓަލައިނަށް އެއްވެސް މީހެއްގެ ފަރާތުން ހިއްސާކުރާ މައުލޫމާތެއް އެހެން އެއްވެސް ފަރާތަކަށް ހިއްސާނުކޮށް ކޮންފިޑެންޝަލް މައުލޫމާތެއްގެ ގޮތުގައި ހުންނާނެކަންވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ކުއީންސް ކޮމަންވެލްތު ޓްރަސްޓުގެ އެހީތެރިކަމާއެކު، ހޮޓްލައިންގެ ހިދުމަތް ފުޅާކުރާއިރު ހެލްޕް ލައިންގެ އިތުރުން ގާނޫނީ އެހީތެރިކަމާއި ސައިކޮލޯޖިކަލް ކައުންސެލިންގެ ހިދުމަތް ވެސް ފޯރުކޮށްދޭނެކަމަށް  އެ ޖަމިއްޔާއިން ބުނެއެވެ.

މިކަން އިއުލާން ކޮށްފައިވަނީ އިނގިރޭސި ރާނީ ތަހުތަށް އިސްކުރެވުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެންނެވެ. ވިމެން އެންޑް ޑިމޮކްރަސީގެ އަންހެނުންނަށް ހާއްސަ ހޮޓްލައިނަކީ 9494869 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ