ގއ.ވިލިނގިލި ފަޅަށް ވަންނަން އުޅުނު ލޯންޗެއް އެރަށު ނެރު ފައިކަށީގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާވި ތިން މީހުން މަލެ ގަނައުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މިހާދިސާއާއި ގުޅިގެން ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ތިން މީހުން އިތުރު ފަރުވާޔަށް މާލެ ގެނައުމުގެ މަސައްކަތް ކުރުމުންދާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ. މިހާދިސާގައި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ތިން މީހުންގެ ހާލުވެސް ސީރިއަސްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.
ނުރައްކާތެރި މި ހާދިސާގައި ދެމީހަކު ވަނީ ނިޔާވެފައެވެ. މިހާދިސާއާއި ގުޅިގެން މުޅި ވިލިނގިއްޔަށް ސިހުން ގެނުވާފައިވާއިރު، ރައްޔިތުން ތިބީ ވަރަށް ބޮޑު ޝޮކެއްގައެވެ.
މި ހާދިސާގައި މަރުވީ ވިލިނގިލި ދޫރެސް މިސްބާހް އަބްދުލް މުހުސިނާއި ނ. ލަންދޫ އުރަހަ މުހައްމަދު ޟާފިއުއެވެ. މިހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ ފަސް މީހުންނެވެ.
ކޮމެންޓު ފޮނުވާ