ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދާއި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް އެވެ. މިރަސްމިއްޔާތުގައި ފެނަކަ އެމްޑީ ސައީދާއި، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ގެއިތުރުން ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވަނީ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަ ދައްކަވާފައެވެ.
ފެނައިކައިން ރާއްޖޭގެ އެކި ރަށްތަކުގައި ހުރި ޒަމާންވީ އިންޖީނުގެތައަށް ޚާއްސަކޮށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ބައެއް ރަށްތަކުގައި މިމަސައްކަތް ކުރިއަށްދާއިރު، އަންނަ އަހަރުވެސް ގިނަ ރައްތަކެއްގެ އިންޖީނު އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފެނަކައިންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެންމެ ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިންޖީނުގެތަކާއިއެކު އޮފީސް އިމާރާތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އެކުންފުނިން ދަނީ ގެންނަމުންނެވެ.
ކޮމެންޓު ފޮނުވާ