އެޗްޑީސީއާއި، ޖެންޑާއިން އިންތިޒާމުކުރި "ގެވެށި ގުޅުން" ޢާއިލީ ހަވީރަށް ބޮޑު ތަރުޚީބެއް

އެޗްޑީސީއާއި، ޖެންޑާއިން އިންތިޒާމުކުރި "ގެވެށި ގުޅުން" ޢާއިލީ ހަވީރަށް ބޮޑު ތަރުޚީބެއް

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޢާއިލީ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މިހަވީރުގައި ޢާއިލާތަކާއެކު ގިނަ ޢަދަދެއްގެ ކުޑަކުދިންވަނީ ބައިވެރިވެފައެވެ.

ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަސް ފާހަގަކުރުމަށް "ގެވެށި ގުޅުން"ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ކުރިއަށްގެންދިޔަ މިހަވީރު ޝަރަފުވެރިކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. އެމަނިކުފާނާއެކު އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާވަނީ މިހަވީރުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މިނިސްޓްރީއިން ކުރިއަށްގެންދިޔަ މިހަވީރުގައި ގިނަ ޢަދަދެއްގެ ކުޑަކުދިންވަނީ ޢާއިލާތަކާއެކު ބައިވެރިވެފައެވެ.

ސަރުކާރުގެ ގިނަ މުވައްސަސާތަކާއި އަމިއްލަ އެކި ޖަމިއްޔާ ޖަމާޢަތްތަކުން މިހަވީރުގައިވަނީ ސްޓޯލްތައް ޤާއިމުކޮށް ކުދިން ޝައުގުވެރިވާނެފަދަ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ހުރިހާ އުމުރެއްގެ ކުދިންނަށް ބައިވެރިވެވޭ ޙަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ.

ޢާއިލީ ހަވީރުގައި ބައިވެރިވުމަށް ސެންޓްރަލް ޕާރކަށް ދާކޮންމެ ފަރާތަކަށް ބައިވެރިވެވޭ ލަކީ ޑްރޯއެއް ނެގުމަށްވެސްވަނީ ހަމަޖެހިފައެވެ. މިލަކީޑްރޯއިން ވަނަތަކަށް އަންނަ ފަރާތްތަކަށް ގިނަ ހަދިޔާތަކެއް ލިބޭގޮތަށް ވަނީ އިންތިޒާމުކޮށްފައެވެ. އޭގެތެރޭގައި ޢާއިލާއާއެކު ރިސޯޓު ދަތުރާއި، ޓިކެޓާއި އިންޓަރނެޓް ޕެކޭޖާއި، އިންޝުއަރެންސް ޕެކޭޖްތައް ލަކީޑްރޯގައި ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *