އަންހެނެއްގެ އަތުގައިއޮތް "އިންޑިއާ އައުޓް" ދިދައެއް އަތުލަން ސިފައިންގެ މީހަކު ދުވާ ވީޑިއޯއަށް ފާޑުކިޔުން!

އަންހެނެއްގެ އަތުގައިއޮތް "އިންޑިއާ އައުޓް" ދިދައެއް އަތުލަން ސިފައިންގެ މީހަކު ދުވާ ވީޑިއޯއަށް ފާޑުކިޔުން!

Author
މުޙައްމަދު ޝަޒައިމް
20 މެއި 2022 03:24
0

ޤައުމީ ސަލާމަތީ ބާރުގައި ހިމެނޭ ސިފައިންގެ މީހަކު އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ކުރިއަށްދިޔަ ހިނގާލުމުގައި އަންހެނެއްގެ އަތުގައި އޮތް "އިންޑިއާ އައުޓް" ދިދައެއް އަތުލަން އެއަންހެން މީހާ ފަހަތުން ދުވާ ވީޑިއޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އުމުރުން އެންމެ 19 އަހަރުގެ ޕީޕީއެމްގެ ޔޫތު މެންބަރެއް ކަމުގައިވާ ނުހާގެ ފަހަތުން ސިފައިންގެ އޮފިޝަލު ދުވަންފެށީ އޭނާ އަތުގައި އޮތް "އިންޑިއާ އައުޓް" ދިދަ އަތުލުމަށެވެ. ސިފައިންގެ ފިރިހެން އޮފިސަރަށް އެއަންހެން މީހާ އަތުނުލެވި ހުސްއަތާ އަންނަތަން ވީޑިއޯއިން ފެނެއެވެ.

މިވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކު ދަނީ މިކަމަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ސަލާމަތީ ބާރުތަކުން ދިދައެއް އަތުލުމަށްޓަކައި މީހަކު ފަހާ ދުވަންޖެހޭ ސަބަބެއް ނުވިސްނޭކަމަށް މި ވީޑިއޯއަށް ކޮމެންޓް ކުރިމީހުން ބުނެފައެވެ. އަދި ސިފައިންގެ ފިރިހެން އޮފިސަރަކަށް އަންހެނަކު ފަހަތުން ދުވެ އަތުނުލެވުމަކީވެސް ލަދުވެތި ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރޭގެ އެއްވުމުން ނުހާ ވަނީ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ގެންދިޔަ ފަހުން ފުލުހުން އޭނާއަށް އަނިޔާކުރިކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަނުން ވަނީ ކޮށްފައެވެ. ސަބަބަބީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއްވެސް އަނިޔާއެއް ލިބިފައިނުވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންޖެހުމުންނެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އަދި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
މޑޕ ސަރުކާރު ނުލަފަަކަން ދަހކާލަަފާވާ މިންވަރު ފެނޭނު ލަދެހނުގަނޭ. ާންހެން ކުހޖެއްގެ ފަހަތހުން .ބޮޑުފިރިހެނަކު ދުވަން ކޮމމެވެސް.ނަމެއްގާ އެކުއްޖަޔައް ަދި ަނިޔާވެރިކަން ދަެްކާލާނެ.ބަލައް ހުންނާތި
އ އަލީީ ރިޞާ
އޭނަފަހަތުންް ދުވީދިދައަތުލާކައްނޫންއޭނަހައްޔަރުކުރަން
ް ްވވާނުވާ
މީހުން ހިފާ ހައްޔަރު ކުުރުމުގެ ބާރެއް ދިވެހިރާއްޖޭގައި ހެދިފަ ހުރި އެއްވެސް ޤާނޫނަކުން ސިފައިންނަކަށް ނޯންނާނެ..�