އެމްއެންޑީއެފް ޔުނީފޯމްގައި އިންޑިއާ ސިފައިންނަށް އުޅެވިގެން ނުވާނެކަމަށް ވިދާޅުވެ ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ފާޑު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިިމްވެ ތިބުމާއި ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދާ އިހްތިޖާޖުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރާކަމުގެ ތުހުމަތުކުރެވޭ ދަނޑިވަޅެއްގައެވެ. ރޭގެ އިހްތިޖާޖުގައިވެސް އިދިކޮޅު ފަރާތްތަކުން ވަނީ އިންޑިއާ އާއި ދެކޮޅަށް ޝުޢޫރު ފާޅުކޮށް، ބެނާތައް ހިފައިގެން އަޑު އުފުލާފައެވެ. ނަމަވެސް އެސްއޯ ފުލުހުން ވަނީ އެ އިހްތިޖާޖަށް ހުރަސް އަޅާފައެވެ.
ސަޢީދު ކުރެއްވި ޓްވީޓެއްގައި ވަނީ އިހްތިޖާޖުގެ ބައިވެރިޔަކާ ދެކޮޅަށް ސިފައިންގެ ޔުނީފޯމްގައި ހުރި މީހަކު ދުވާ މަންޒަރު ފެންނަ ވީޑިއޯއާއެކުއެވެ. ސައީދު ވިދާޅުވީ، ދިވެހި ސިފައިންނަށް އެހެން ނޫޅެވޭނެކަމަށާއި، ހަމައެފަދައިން އެމްއެންޑީއެފް ޔުނިފޯމުގައި އިންޑިއާ ސިފައިންނަށް އުޅެވިގެންނުވާނެކަމަށެވެ.
100އަހަރުގެ ޝަރަފާއި ނުހަނު ޤަދަރުވެރި މުއައްސަސާއެއްގެ ތާރީޚުގައި ހުތުރު ލައްގަނޑެއް ޖެހޭކަށް ދިވެހިސިފައިން ނޭދޭނެ. ވީމާ ސިފައިންގެ ޔުނިފޯމުގައި މިދުވަނީކާކުތޯ ބަލަންޖެހޭ..
– މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
1/2 ދިވެހިސިފައިންމިހެންނޫޅޭނެ.ހަމައެފަދައިން MNDFޔުނިފޯމުގައި އިންޑިއާސިފައިންނަށް އުޅެވިގެންނުވާނެ. 100އަހަރުގެޝަރަފާއި ނުހަނު ޤަދަރުވެރި މުއައްސަސާއެއްގެ ތާރީޚުގައި ހުތުރުލައްގަނޑެއްޖެހޭކަށް ދިވެހިސިފައިންނޭދޭނެ. ވީމާ ސިފައިންގެ ޔުނިފޯމުގައި މިދުވަނީކާކުތޯބަލަންޖެހޭ ???? pic.twitter.com/2C3EbXit5a
— Mohamed Saeed (@em_saeed) May 19, 2022
ރޭ އިދިކޮޅުން ކުރިއަށްގެންދިޔަ އިހްތިޖާޖުގައި 7 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ޕެޕއަރސްޕްރޭ ޖެހުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދީފައިވެއެވެ.
އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ޤައުމީ މަސްލަހަތަށް އޮތް ނުރައްކަލެއްކަމަށް ބުނެ ރައީސްގެ ޤަރާރަކުން ވަނީ އެ ހަރަކާތް ހުއްޓުވުމަށް ކަމާ ބެހޭ އިދާރާތަކަަށް ރައީސް އަމުރުކުރައްވާފައެވެ.
4 Responses
ބޮޑަށް ބެލެވޭ ގޮތުގަ އެމްއެންޑީއެފް ޔުނިފޯމްގަ އެ އުޅެނީ ޕީޕީއެމުން ބުނާ ޔާމީނު ގެންގުޅޭ ކަންމަތީ ޒުވާނެކެވެ. ވީމާ، ފިނިފެންމާ ސައީދު ޔާމީނު ކައިރީ ބުނެބަލަ ތިހެން ނުހައްދަވާށޭ 100 އަހަރުގެ ގަދަރު ހިފަހައްޓާށޭ.
އިނޑިޔާޔާހެދިހާދަވަރަކަށޭދޯ.މިގައްދާރުން މިުޅެނޭ އިސްލާމ ދޭނަށްވެސް ފުށުއަރާ.މިގައްދާރުން.ނާހެދި
އިހަށް ހުއްޓުވަންވީ ރައީސްގެ މިކަހަލަ ބޭގަރާރުތައް ނޫންބާ.
އޮޅިއްޖެ