އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން ހިންގާ ހަރަކާތްތައް ފުލުހުން ހުއްޓުވާތީ އެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވައިލާ އިދިކޮޅު އިއްތިހާދުން ރޭ ކުރިއަށްގެންދިޔަ އިހްތިޖާޖުގައި ވަނީ ގިނަ ބަޔަކަށް އަނިޔާވެފައެވެ. މިކަމާއި ގުޅިގެން ސައީދު ފާޑުވިދާޅުވަމުން ވިދާޅުވީ، މަރުވީމަ ސަންދޯއްފަހާ ދުވެގެންވެސް އިސްރާއީލް ސިފައިން ފަލަސްތީންނިކަމެތިން ތަޅާފައްސަނީކަމަށެވެ. ހަމައެފަދައިން ދިވެހި ފުލުހުން އިންޑިއާ ދިދައިގެ ދިފާޢުގައި ނިކުމެފައިވާކަމަށް ވިދާޅުވެ ސައީދު ވަނީ ދިވެހިންގެ ކުށަކީކޮބައިތޯ ސުވާލު ކުރައްވާފައެވެ.
އިންޑިއާސިފައިން ފައިބަންބުނުންތޯ؟ ނުވަތަބޭތިއްބުންތޯ؟ ސިއްރުއެއްބަސްވުންދައްކަން ބުނުންތޯ؟ނުވަތަފޮރުވުންތޯ؟
– މުޙައްމަދު ސަޢީދު
މަރުވީމަ ސަންދޯއްފަހާ ދުވެގެންވެސް އިސްރާއީލް ސިފައިން ފަލަސްތީންނިކަމެތިން ތަޅާފައްސަނީ. ދިވެހި ފުލުހުން އިންޑިއާ ދިދައިގެ ދިފާޢުގަ!ދިވެހިންގެ ކުށަކީކޮބައިތޯ؟ އިންޑިއާސިފައިން ފައިބަންބުނުންތޯ؟ ނުވަތަބޭތިއްބުންތޯ؟ ސިއްރުއެއްބަސްވުންދައްކަން ބުނުންތޯ؟ނުވަތަފޮރުވުންތޯ؟@PoliceMv pic.twitter.com/FugbpZH0y0
— Mohamed Saeed (@em_saeed) May 18, 2022
ސައީދު މިހެން ވިދާޅުވެފައިވާއިރު، ރައީސް ޞަލިޙްގެ ޤަރާރަކުން ވަނީ އިންޑިއާ އައުޓް ހަރަކަތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށާއި، ކަމާ ގުޅުންހުރި އިދާރާތަަކަށް އަމުރުކުރައްވާފައެވެ. ނަމަވެސް އެ އަމުރަށް ގޮންޖައްސަވާ އިދިކޮޅުން ދަނީ އެހަރަކަތް ހުއްޓާ ނުލައި ކުރިއަށް ގެންދަމުންނެވެ. މިގޮތުން އިންޑިއާ އައުޓް ލިޔެފައިވާ ބެނާތަކާއި ދިދަތަށް މަލޭގެ އެކިސަރަހައްދުތަކުގައި ނަގާފައި ހުއްޓައި، ފުލުހުން ދަނީ އެތަކެތި ނަގަމުންނެވެ.