ދިވެހި ފުލުހުންގެ ޚިދުމަތުގެ "ޕޮލިސް އޯޕަންޑޭ 2022″ މި މަހު 28 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި އޯޕަން ޑޭ އޮންނާނީ މެއި 28 ވަނަ ދުވަހުގެ 15:00 އިން 18:00 އަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައެވެ. މި އޯޕަންޑޭ ގައި، ފުލުހުންގެ މަސައްކަތު ދާއިރާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، އޮޕަރޭޝަނަލް ދާއިރާ، ފޮރެންސިކް ސަރވިސަސް، އިންވެސްޓިގޭޝަން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، އިންފްރާސްޓްރަކްޗަރ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ދާއިރާތަކުގެ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.
އޯލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ފުލުހުންގެ ވަޒީފާއަށް ވަނުމަށް ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އޯޕަން ޑޭ ގައި ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، އައިޑީ ކާޑު އަދި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހިފައިގެން އަންނަ ފަރާތްތަކަށް ވަގުތުން ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޯޕަން ޑޭ އާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3034455 އަށް ގުޅުއްވައިގެން ލިބޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ