ޕްރިޔަންކާގެ ރެސްޓޯރެންޓުން ކެޓްރީނާ އާއި ވިކީ ކައިފި

ޕްރިޔަންކާގެ ރެސްޓޯރެންޓުން ކެޓްރީނާ އާއި ވިކީ ކައިފި

Author
ފާތިމަތު ނާވީ
16 މެއި 2022 10:23
0

މިހާރު އެމެރިކާގައި ޗުއްޓީ ހޭދަކުރަމުން އަންނަ ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފް ނިޔު ޔޯކްގައި އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ހިންގާ ރެސްޓޯރަންޓް "ސޯނާ"އަށް ޒިޔާރަތް ކޮށްފިއެވެ.

މިއީ ކައިވެނީގެ ފަހުން ދެތަރިންވެސް ދިގު ޗުއްޓީ ހޭދަކޮށްލުމަށް ކުރަމުން އަންނަ ފުރަތަމަ ދަތުރެވެ.

އަލަތު ކައިވެނީގެ އުފާ ލިބިގަންނަމުން އަންނަ ވިކީ އާއި ކެޓްރީނާ އަންނަނީ އެމީހުން އެމެރިކާގައި ކުރަމުން އަންނަ ޗުއްޓީގެ ގިނަ ފޮޓޯތައް ފޭނުންނާ ހިއްސާކުރަމުންނެވެ.

ކެޓްރީނާ އާއި ވިކީ "ސޯނާ"އަށް ކުރި ޒިޔާރަތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އެތަނުގެ ސޯޝަލް މީޑިއާ އެކައުންޓްގެ އިތުރުން ޚުދު ކެތްރީނާގެ އިންސްޓަގްރާމުގައި ވަނީ ހިއްސާ ކޮށްފައެވެ.

އަދި ކެޓްރީނާ ވަނީ އެ ރެސްޓޯރެންޓަށް ވަރަށް ބޮޑަށް ތައުރީފްވެސް ކޮށްފައެވެ. މީގެއިތުރުން ޕްރިޔަންކާ ވެސް ވަނީ އެ ދެމަފިރިން އޭނާގެ ރެސްޓޯރެންޓަށް ދިޔުމުން ޝުކުރު އަދާކޮށް މަރުހަބާ ކިޔާފައެވެ.

 

View this post on Instagram

 

A post shared by SONA (@sonanewyork)

ކެޓްރީނާ އާއި ޕްރިޔަންކާ އަންނަނީ އެކުގައި ފިލްމެއްގެ މަސައްކަތް ކުރުމަށްވެސް ތައްޔާރު ވަމުންނެވެ. އެއީ ސެޕްޓެމްބަރު މަހު ޝޫޓިންގ ފަށާނެ ކަމަށް ބެލެވޭ، ޑައިރެކްޓަރ ފަރްހާން އަޚްތަރުގެ ރޯޑް ޓްރިޕް ފިލްމު "ޖީ ލޭ ޒަރާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަތޯ
ޝާހިދުގެ ބާބެކިޔު ހަޓުން މަވެސް ކާފިން
މ މުންޖިޗޭ
މިއީ އައިސާނިކެގެ ބަދިގެއިން ކައްދާނިކެ ކެއުންކަހަލަ ކަމެއް. ޚަބަރުގައި ލިޔަންވެއްޖެނަމަ މިކަހަލަ އެތައް ޚަބަރެއް ހުންނާނެ.