ސަފާތު ބަލި ޤަބޫލުކޮށް، ރޮޒައިނާއަށް މަރުޙަބާ ކިޔައިފި

ސަފާތު ބަލި ޤަބޫލުކޮށް، ރޮޒައިނާއަށް މަރުޙަބާ ކިޔައިފި

އިއްޔެ ބޭއްވި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ނާކާމިޔާބީ ޤަބޫލުކޮށް އިންތިޚާބު ކާމިޔާބުކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އިންތިޚާބުން ރޮޒައިނާއަށް %55 ލިބުނުއިރު، ސަފާތަށް ލިބުނީ %44 ވޯޓެވެ. އިންތިޚާބުގެ ބަލި ގަބޫލުކޮށް ކުރެއްވި ޓްވީޓްގައި ވަނީ އުންމީދު ކުރި ފަދަ ނަތީޖާއެއް ނުނެރުވުނަމަަވެސް، ގުޅިގެން ހާސިލް ކުރެވުނު ކަންކަމާމެދު ފަހުރުވެރިވާކަމަށެވެ. އަދި އަބަދުވެސް އަންހެނުން ބާރުވެރިކުރުމުގައި ދެމި ހުންނާނެކަމަށްވެސް ސަފާތު ވިދާޅުވިއެވެ.

އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާ ވާދަކުރައްވާ ކެމްޕެއިން ކުރެއްވީ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރެއްވި ފައްޔާޟް އިސްމާޢީލާ އެކުއެވެ. އެގޮތުން ރޮޒައިނާ އަދި ފައްޔާޟް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވާ އިންތިޚާބު ވެއްޖެނަމަ ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަކުރައްވާފައެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތެއްގައި އަދި ކަންކަން ނިންމާ ފެންވަރުގައި އެޕާޓީގެ އަންހެން މެމްބަރުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް ހެދިފައިވާ ޕާޓީގެ އެންމެ ވަރުގަދަ އެއް ގުނަވަނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *