ލުއީ ވުޓޮންގެ އިންޑިއާ އެމްބެސެޑަރަކަށް ދީޕިކާ

ލުއީ ވުޓޮންގެ އިންޑިއާ އެމްބެސެޑަރަކަށް ދީޕިކާ

Author
ފާތިމަތު ނާވީ
16 މެއި 2022 07:46
0

ދުނިޔޭގެ މަޝްހޫރު އަދި އެންމެ މަގުބޫލު ބްރޭންޑް ލުއީ ވުޓޮންގެ ފުރަތަމަ އިންޑިއަން އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ދީޕިކާ ޕަޑުކޯން ހަމަޖައްސައިފިއެވެ.

މި އަގުބޮޑު އަދި ލަގްޒަރީ ބްރޭންޑްގެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓްކޮށް ދިނުމުގެ ފުރުސަތު މީގެ ކުރިން އިންޑިއާގެ އެއްވެސް ސެލެބްރިޓީއަކަށް ލިބިފައެއް ނުވެއެވެ.

ދީޕިކާ އެ ބްރޭންޑްގެ އެމްބެސެޑަރަކަށް ހަމަޖައްސާފައި ވާކަން އިއުލާންކޮށްފައި ވަނީ އެ ކުންފުނީގެ އާ ހޭންޑް ބޭގްތަކެއްގެ ކެމްޕެއިނެއްގެ ތެރެއިންނެވެ. އެއީ ކުންފުނިން މި އަހަރުގެ ތެރޭގައި ނެރޭނެ ދަބަސްތަކެކެވެ.

 

View this post on Instagram

 

A post shared by VOGUE India (@vogueindia)

ހޮލީވުޑްގެ ބައެއް ފިލްމް ތަކުން ވެސް ފެނިގެން ގޮސްފައިވާ ދީޕިކާ އަކީ މި މަހު ފަށާ 75 ވަނަ ކާންސް ފިލްމު ފެސްޓިވަލްގެ ޖޫރީ މެމްބަރެއް ވެސް މެއެވެ.

ދީޕިކާ ވަނީ އެ ބްރޭންޑްގެ ބައެއް ހެދުންތަކާއި ދަބަސްތަކާއެކުގައި ވެސް ފެނިގެން ގޮސްފައެވެ. މިއީ މީގެ ކުރިން އިންޑިއާގެ އެއްވެސް ތަރިއަކަށް މިހާތަނަށް ނުލިބޭ ފަދަ ޝަރަފެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.