ކެޓްރީނާ ބަނޑުބޮޑެއްނޫން

ކެޓްރީނާ ބަނޑުބޮޑެއްނޫން

Author
ފާތިމަތު ނާވީ
15 މެއި 2022 06:19
0

މިދިޔަ އަހަރު ޑިސެމްބަރު މަހު އެކްޓަރ ވިކީ ކޯޝަލާ ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ބަނޑުބޮޑު ކަމުގެ އަޑުތައް ފެތުރެން ފެށީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

އޭނާ އެއާޕޯޓުން ވަރަށް ސާދާކޮށް ދޯޕައްޓާ ހެދުމެއްގައި ފެނިގެން ގޮސްފައިވާއިރު ކެޓްރީނާ ދިއައީ ދޯޕައްޓާއިން ބަނޑު ފޮރުވަމުން ކަމަށް ނޫސްތަކުން އޭރުވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

މީގެ އިތުރުން މީޑިއާއިން ވަނީ ކެޓްރީނާގެ ބަނޑަށް މިހާރު ދެ މަސްވެފައިވާ ކަމަށާއި ބަލިވެ އިނުމުގެ ސަބަބުން ކެޓްރީނާގެ ފިލްމު މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަންވެސް އަންގާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

އެކަމަކު ކެޓްރީނާގެ ޓީމުން ބުނީ އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ޚަބަރެއް ނޫން ކަމަށެވެ. ކެޓްރީނާ ބަނޑުބޮޑު ނޫން ކަމަށް ވެސް އޭނާގެ ޓީމުން ބުންޏެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ ޑިސެމްބަރު މަހުގެ 9 ގައެވެ. ދެ ތަރިން މި ވަގުތު އަންނަނީ އެމެރިކާގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ކެޓްރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓައިގާ 3″ އަދި "ފޯނު ބޫތު" ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.