ގޯތި ވައުދާ ޚިލާފްވެފައިވާތީ ލޮނުޒިޔާރަތް ބަގީޗާގައި އިހުތިޖަޖު ކުރާނަން: ޝުއައިބް

ގޯތި ވައުދާ ޚިލާފްވެފައިވާތީ ލޮނުޒިޔާރަތް ބަގީޗާގައި އިހުތިޖަޖު ކުރާނަން: ޝުއައިބް

Author
މުޙައްމަދު ޝަޒައިމް
13 ނޮވެމްބަރ 2020 09:43
0

މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވެފައިވާ ވައުދާ ޚިލާފް ވެފައިވާތީ ލޮނުޒިޔާރަތް ބަގީޗާގައި އިހުތިޖަޖު ކުރާނެ ކަމުގައި އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރަތް ކޮޅުގައި ހުޅުވި ހިތްގައިމު ލޮނުޒިޔާރަތްކޮޅު ޕާކަށް ވަންނަ މީހުންގެ އަތްދަބަސް ޗެކް ކުރާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައި އެތަނުގެ ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާތީ ޝުއައިބް ވިދާޅުވީ ޕާކުތައް ހެދިޔަސް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ނުވާނަކަމަށެވެ. ބޯހިޔާވަހިކަން ހޯދައިނުދީ ވެފައިވާ ވައުދު ނުފުއްދާހާ ހިނދަކު ލޮނުޒިޔާރަތް ބަގީޗާގައިވެސް އިހުތިޖަޖު ކުރާނެކަމަށް ޝުއައިބު ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދޭން އެމްޑީޕީ އިން ވި ވައުދު އުވާލި މައްސަލާގައި ލޮނުޒިޔާރަތް ބަގީޗާގައި އިހުތިޖަޖު ކުރާނަން.

– ޝުއައިބު އަލީ

އެމްޑީޕީން ވެރިކަމަށް އައުމަށްޓަކައި މާލޭ ރައްޔިތުންގެ ކައިރީގައި އެންމެބޮޑަށް ވިއްކާފައިވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހޯދައި ދިނުންކަމަށާއި، ނަމަވެސް އެކަން ސަރުކާރަށް މިއަދާއި ހަމަޔަށްވެސް ފުރިހަމަކޮށްދެވިފައި ނުވާކަމަށެވެ. އަދި ބޯހިޔާވަހިކަން ހޯދެން އޮތް މަގުވެސް ބަންދުކޮށް ގުޅީފަޅުވެސް ވިއްކާލާފައިވާކަމަށް ޝުއައިބް ވިދާޅުވިއެވެ. މިކަމުގައި މާލޭގެ ރައްޔިތުންގެ ވޯޓުން އިންތިޚާބު ވެފައިވާ އެމްޑީޕީގެ 14 މަޖިލިސް މެމްބަރުންވެސް ޒިންމާ ވާންޖެހޭކަމަށް ޝުއައިބު ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ގޯތިދޭން އެމްޑީޕީން ވައުދުވި ގުޅީފަޅު ވިއްކާލީ މާލޭ ރައްޔިތުން ކައިރީ ހޭވެސް އަހާނުލައި. އެމްޑީޕީ މާލޭގެ 14 މެމްބަރުން ފައިލްވެއްޖެ. މާލޭ ރައްޔިތުންނަށް ދޮގާ މަކަރު ހެދީ. ވޯޓު ލިބުނީމަ މާލެ ރައްޔިތުންނަށް އަނިޔާކުރީ.

– ޝުއައިބު އަލީ

މިއަހަރުގެ ނަސްރުގެ ދުވަހު ޤައުމާއި މުޚާތަބް ކުރައްވަމުން ރަޢީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅުތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއިއެކު، މާލެ ސަރަޙައްދަށް ބޭނުންވާ ތަރައްޤީގެމަތިން ހަނދާން ނައްތަވާނުލައްވާނެކަމަށެވެ. ޚާއްސަކޮށް އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، މާލެ ސަރަޙައްދަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މާލެ ސަރަޙައްދުގައި 4000ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް މިއަހަރުގެ މަރޗްމަހު އިއުލާން ކުރައްވާފައެވެ. މީގެތެރޭގައި ހިމެނޭ "ފަހި ދިރިއުޅުން" މަޝްރޫޢުގެދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރުވަނީ 1700ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.