ސުޕްރިމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމަށް ވަަޑައިގެންނެވީ އަމިއްލަފުޅު އެއްވެސް ގާބިލްކަމެއް ހުރެގެން ނޫން ކަމަށާއި، "ތިން ހަތަރު ޖަމްޕު ޖައްސަވާފ" ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވީ އެމަކިފްނާށް ހުކުމް ކުރައްވައިގެން އޭގެ ބަދަލެއްގެ ގޮތުގައި ކަމަށް ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
ވިލިމާލޭގެ އަންހެނުން ކޮމިޓީގެ ހުސްވެފައިވާ ގޮޑިއަށް ޕީޕީއެމްއިން ވާދަކުރާ އެޕާޓީގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާއަށް ތާއީދު ހޯދުމަށް ވިލިމާލޭގައި އިއްޔެ ހަވީރު ބޭއްވުނު އެއްވުމުގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމިން ވިދާޅުވީ އަލީ ރަޝީދަށް ސުޕްރިމް ކޯޓުގެ ބެންޗުގައި ނީދެވެނޭ ކަމަށް އަލީ ރަޝީދަށް އަލީ ރަޝީދަށްވެސް ވިސްނެވާނެ ކަމުގައެވެ.
އަޑު އަނހާލާ މިވާހަކަ. އަލީ ރަޝީދަށްވެސް ވިސްނެންވާނެ އަލީ ރަޝީދަށް ސުޕްރިމް ކޯޓުގެ ބެންޗުގައި ނީދެވޭނެ ކަން. ވަކިކަމެއް ވަކި ބަޔަކު އެދުނު ގޮތަކަށް ކޮށްދިނީމަ ޖެހުނު ޖަމްޕެއް ތީ. އަލީ ރަޝީދުގެ ގާބިލް ކަމެއް އޮގެނެއް ނޫން، ނޫނިއްޔާ އޭނަ ކޮށްފަ އޮތް މަސައްކަތުގެ ތަޖުރިބާ ބޮޑު ވެގެނެއް ނޫން ގޮއްސަ އެހެރީ. ހަމަ ރައީސް ޔާމިނަށް ހުކުމް ކުރަން ކެރުނީމަ އެކަން އެހެރީ (މަގާމް ލިބިފަ އެހުންނެވީ).
އަލީ ރަޝީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ފުރިހަމަވާ ބޭފުޅެއް ނޫންކަމުގައި ވިދާޅުވަމުން ޔާމިން ވިދާޅުވެފައި ވެއެވެ. އަދި ރައީސް ޔާމިން ވިދާޅުވީ، "މިކަން އޮތީ މިހެންކަން އަލި ރަޝީދުވެސް ގަބޫލުކުރަން ވާނެ" ކަމުގައެވެ.
އަލީ ރަޝީދުވެސް ގަބޫލުކުރަން ވާނެ، މިކަން އޮތީ މިހެންކަން. އެހެންވީމަ އަޅުގަޑު ޝުޖާ ކައިރީ މިބުނަނީ، ޖަލުތައް ބޮޑު ކުރަން ޖެހެއޭ އެބަ. ޖަލުތައް ބޮޑު ކުރަންޖެހޭ ސަބަބު މިއީ. އެއީ ދިވެހިރާއްޖެ އެބަޖެހޭ މިހުރިހާ ކަމަކުން ސާފތާހިރުކޮށް، ތޯހިރު ކޮށްލަން އެބަޖެހޭ.
ގިނަ ބަޔަކު ޖަލަށް ދާންޖެހޭނެކަމަށް ވިދާޅުވެ މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ރަޝީދުވެސް ޖަލަށް ދާންޖެހޭނޭ ކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމިން ވިދާޅުވެފައިވެއެވެ.
ސުޕްރިމް ކޯޓުގެ މިހާރު ފަނޑިޔާރު އަލީ ރަޝީދަކީ، ކުރިމިނަލް ކޯޓުން ރައީސް ޔާމިނަށް ހުކުމް ކުރެއްވި ފަނޑިޔާރެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލިހުންވަނީ އަލީ ރަޝީދު ސުޕްރިމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ރުހުން ދީފައެވެ.
ރައީސް ޔާމިންގެ މައްޗަށް ދަށުކޯޓުން ކުރި ހުކުމް ސުޕްރިމް ކޯޓުން ފަހުން ވަނީ ބާތިލް ކޮށްފައެވެ. އެހެންނަމަވެސް ސުޕްރީމްކޯޓުން މައްސަލަ ނިންމި ބެންޗުގައި ފަނޑިޔާރު އަލި ރަޝީދު އިންނަވާފައި ނުވެއެވެ.
2 Responses
ޖަލަށް ދާންޖެހޭ މިހާ މިނިވަން ކުރި ފަޑިޔާރެއްްނު ބަދަލުގަ ޖަލަށް ދާންޖެހޭނީ. އެކައުންޓުނަންބަރެއް އެންޓަކުރުމުގަ އޮޅުމެއް އެބައޮތޭ ކިޔާފަ މިނިވަންވެފަ ހުރި މީހަކު މިކަހަލަ ވާހަދައްކަން ހަމަ ލަދެއް ނުގަނޭބާ. ޑެބިޓް ކުރެޑި އެކައުންޓާއި ތާރީހާ އަދަދު ދިމާވެ ހަމައެކަނި ޓައިޕިން އެރަރ އަކާހެދި މިނިވަންވެފަ ކިތައްމީހުން ތިބޭނެބާ؟
ބުނީތީވެ އަޑުއަހާ ޔާމިނަކަށް 2023 ގައި ވެރިކަމަކަށް ނާދެވޭނެ. ޔާމިނަށް ހަލާކުހުރި