ސޮނާކްޝީ އެންގޭޖްވީތަ؟

ސޮނާކްޝީ އެންގޭޖްވީތަ؟

Author
ފާތިމަތު ނާވީ
11 މެއި 2022 10:02
0

ބޮލިވުޑްގެ ބަތަލާ ސޮނާކްޝީ ސިންގާ ކައިވެނި ކުރަން އުޅެ ކަމުގެ އިޝާރާތެއް ދީފިއެވެ. އިއްޔެ އިންސްޓަގްރާމްގައި ހިއްސާ ކުރި ފޮޓޯތަކުން ފެންނަނީ އަތުގައި އަޅާފައި އޮތް ޑައިމަންޑް އަނގޮޓިއެވެ.

އަދި ހަމަ މި ފޮޓޯތަކުގެ ތެރޭގައި ފިރިހެނެއްގެ އަތުގައި އޭނާ ހިފައިގެން ހުންނަ ތަން ވެސް ފެނެއެވެ. ނަމަވެސް އެމީހެއްގެ މޫނެއް ނުފެނެއެވެ.

އަދި އޭނާ ވަރަށް އުފަލުން ހުރި މި ފޮޓޯތަކުގައި އަންގޮޓީ ދެއްކުމަށްޓަކައި އަތުގެ ތަފާތު ޕޯސްތައް ދީފައި ހުރި ފޮޓޯތައް ފެނެއެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

ފަހަކަށް އައިސް ސޮނާކްޝީއާ އެންމެ ބޮޑަށް އަޅުވާކިޔާފައި ވަނީ އެކްޓަރ ޒަހީރު އިބްގާލެވެ.

ޒަހީރަކީ ސަލްމާން ޚާންގެ ގާތް އެކުވެރިއެއްގެ ދަރިއެކެވެ. އޭނާ ބޮލީވުޑަށް ނުކުމެފައި ވަނީ ސަލްމާންގެ އެހީތެރިކަމާ އެކު 2019 ވަނަ އަހަރު ނެރުނު "ނޯޓްބުކް" އިންނެވެ.

ސޮނާކްޝި އާއި ޒާހިރު އެކުގައި އަންނަނީ "ޑަބަލް އެކްސްއެލް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.