އެއް އާއިލާއެއްގެ 6 ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކު އެ އާއިލާގެ 6 ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުއެވެ. ޢުމުރުން 55 އަހަރުގެ އެ ފިރިހެންމީހާގެ ބަންދަށް ކުރިން ކްރިމިނަލް ކޯޓުން 30 ދުވަސް ދިނެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ޙާޒިރުކުރުމުން އޭނާ ވަނީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައެވެ.
އޭނާ ދޫކޮށްލި ސަބަބުތަކެއްކަމަށް ބަޔާންކޮށްފައިވަނީ، ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ވެސް ފާހަގަކޮށްފައިވެއެވެ.
އޭނާ ބަންދުން ދޫކޮށްލުމާއި ގުޅިގެން އޭނާގެ ފޮޓޯއާއެކު ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.