އޭއޭއީއޭގެ އެގްޒެކެޓިވް ބޯޑަށް ރާއްޖެ

އޭއޭއީއޭގެ އެގްޒެކެޓިވް ބޯޑަށް ރާއްޖެ

Author
މުޙައްމަދު ޝަޒައިމް
08 މެއި 2022 07:30
0

އެސޯސިއެޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީ، އޭ.އޭ.އީ.އޭގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރަކަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ހޮވިއްޖެއެވެ.

މިއެސޯސިއެޝަންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރަކަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ހޮވުނީ އެއޮތޯރިޓީގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި މެމްބަރު ޤައުމުތަކުގެ އިއްތިފާގުންނެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާގައި އިއްޔެ ކުރިއަށްދިޔަ ޖެނެރަލް އެސެމްބްލީގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި، ނާއިބު ރައީސް އިސްމާއީލް ހަބީބުއާއި، އެސިސްޓެންޓް ޑިރެކްޓަރ މަރިޔަމް ޝާހިޔާއެވެ.

އެސޯސިއެޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީގެ މިދައުރުގެ ޗެއަރޕާސަން ކަމަށް ހޮވުނީ އިންޑިޔާއެވެ. އަދި ވައިސް ޗެއަރމަންގެ މަގާމުގައި ތައިވާންގެ އިތުރުން 5 ޤައުމު ހިމެނެެއެވެ. އެއީ ރަޝިޔާ، ކަޒަކިސްތާން، ކިރިގިސްތާން، ފިލިޕީންސް އާއި ރާއްޖެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.