ރާއްޖޭގައި ތިއްބެވި ދީނީ އިލްމުގެ ވެރިންނަކީ ދިވެހި ރައްޔިތުން އަބަދުވެސް ވަރަށް އިޚްތިރާމު ކުރާ ބައެކެވެ. އެބޭފުޅުންގެ ދީނީ ލަފަޔާއި އިރުޝާދާއި ދެއްވާ ދަރުސްތަކަކީ ދިވެހިން ނުހަނު ކަނުލައި އަޑު އަހާ ދަރުސްތަކެކެވެ.
ރާއްޖޭގައި ޑިމޮކްރަސީ ތަޢާރަފްވެ ސިޔާސީ ގޮތުން ބައިބައިވުން އުފެދުނު ހިސާބުން ދީނީ އިލްމުވެރިންގެ ތެރޭގައިވެސް "ސިޔާސީ" ކަންކަމުގައި ބަސްބުނާ އިލްމުވެރިން މަދުނޫންކަމަށް ގިނަ ބަޔަކު ދެކެއެވެ. ޚާއްސަކޮށް އެއިރެއްގައި އޮންނަ ސަރުކާރަކަށް ތާއީދު ކުރާ އިލްމުވެރިންނާއި، ސަރުކާރުގެ ސިޔާސަތުތަކާއި އިދިކޮޅު އިލްމުވެރިންވެސް ދަނީ ފެންނަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ދީނީ ކަންކަން އެންމެ އެކަށީގެންވާ މިންވަރަށް ގެންދަން ފުރުސަތު ނުލިބި ދީނާއި ޚިލާފް ކަންކަން އިތުރުވެފައިވާކަމަށް ސަލަފްގެ ބައެއް އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ. ޚާއްސަކޮށް އެ ޖަމްއިއްޔާގެ އިސްބޭފުޅެއް ކަމުގައިވާ އަލީ ރަޒީމު ދަނީ މިކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓުވިޓާގައި ވާހަކަ ދައްކަވަމުންނެވެ. އަލީ ރަޒީމު ބުނެފައިވަނީ ކިތަންމެ ދޮގެއް ހެދި ކަމުގައި ވީނަމަވެސް ސަލަފް ޖަމްއިއްޔާއިން ބާއްވަން މަސައްކަތް ކުރި ދަރުސްތަކަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ދީފައި ނުވާކަމަށެވެ. އޭނާ ވަނީ މިނިސްޓްރީއަށް ފޮނުވި ސިޓީވެސް ހިއްސާ ކުރައްވާފައެވެ.
— Ali Rameez (@aliramyz) November 12, 2020
އަލީ ރަމީޒު މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު ޑރ.އިޔާޒް ވިދާޅުވެފައިވަނީ ރާއްޖޭގައި ހިނގާ ކަންކަމާއި، ހުރި ކަންބޮޑުވުންތަކާއިމެދު ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލް ތަފާތުވެ ކަންބޮޑުވުންވާނަމަ އެކަމަކަށް ހައްލު ގެނައުމަށް މިސަރުކާރުން މަސައްކަތް ކޮށްދެއްވާކަމަށެވެ. ރައީސްއާއި ފަސޭހައިން ބައްދަލުވާކަމަށް މިސާލު ނަންގަވަމުން ޑރ.އިޔާޒު ވިދާޅުވީ ދާދިފަހުން ދިމާވި ކަމެއްގައި ރާއްޖޭގެ 20 ދީނީ އިލްމުވެރިޔަކު ރައީސް ޞާލިހުއާއި ބައްދަލު ކުރެއްވުމަށް އެދުމުން ވަގުތުން އެފުރުސަތު ފަހިކޮށް ދެއްވިކަމަށެވެ. އިޔާޒް ވިދާޅުވީ އެމްޑީއެން މައްސަލާގައިވެސް މިސަރުކާރުން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަންޖެހޭ ފިޔަވަޅު ވަގުތުން ވަގުތަށް އަޅުއްވިކަމަށެވެ. އަދި ޖަމްއިއްޔާވެސް އުވާލެއްވިކަމަށެވެ.
އިޔާޒްގެ މިވާހަތަކާއި ގުޅިގެން އަލީ ރަމީޒު ވިދާޅުވީ ލަދު ހަޔާތް ނެތުމުން ކޮންމެ ވާހަކައެއްވެސް ދައްކަން ކެރިދާނެ ކަމަށެވެ.
Ladhu hayaaiy nethiyyaa konme vaahaka eh ves dhakkafaane. https://t.co/QzCW1Dq0kl
— Ali Rameez (@aliramyz) November 11, 2020
ސޯޝަލް މީޑިޔާގައި ސަލަފް ޖަމްއިއްޔާއާއި އަދާލަތް ޕާޓީގެ އިލްމު ވެރިންގެ މެދުގައި އުފެދިފައިވާ ޚިޔާލް ތަފާތުވުންތަކާއި ގުޅިގެން ޝައިހު އަލީ ޒައިދުވެސް ވަނީ ޓްވީޓްތަކެއް ކުރައްވާފައެވެ. ޒައިދު ވިދާޅުވީ ޚިޔާލް ތަފާތުވިޔަސް ރީތި ގޮތުގައި ޚިޔާލުތައް ފާޅު ކުރެވޭ ކެމަަށެވެ. އަޚުލާގީ މިންގަނޑު ބޭރުގެ، އެކަކު އަނެކަކަށް އެޓޭކް ކުރާ ދަރަޖައަށް ޚިޔާލް ފާޅުކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.
Khiyaal thafaathu viyas adhab verikan dhookollaigen nuvaane! Rivethi gothugai khiyaal thafaathu vumuge furusathuge beynun nukoh, Adhab verikan dhookollai, mees meehunnah ehchethi kiyai attack kuraa usoolun kan kurumakee, viyaanudhaa kameh kan konme beyfulhakah ves visnen vaane!
— Ali Zaid (@alizaid1000) November 12, 2020
އިލްމުވެރިންގެ މެދުގައި މިފަދަބޮޑު ނުތަނަވަސް ކަމެއް އުފެދި ޚިޔާލް ފާޅުކުރަމުންދާތީ މިކަމުގައި ގިނަ ބަޔަކު ދަނީ މިބޭފުޅުންގެ ތެރެއިން ރަނގަޅު ވާހަކަ ދައްކަނީ ކޮން ބޭފުޅުންތަކެއް ކަމާއިމެދުވެސް ސުވާލު އުފެދިފައިވާކަމަށް ބުނަމުންނެވެ. އަދި މިގޮތަށް އިލްމުވެެރިންގެ މެދުގައި ޚިޔާލް ތަފާތުވެ އަޚުލާޤީ މިންގަނޑުން ބޭރުވާ ހިސާބަށް ދިއުމަކީ ވަރަށް ދެރަވަރު ކަމެއްކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ