ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީގެ ވޯޓުލުން މާލެއާއި އަތޮޅުތަކުގައި މާދަމާ ކުރިއަށް ދާނެކަމަށް އެކޯލިޝަނުން ހާމަކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވަނީ ސްޓިއަރިންގ ކޮމިޓީ އިންތިޚާބު މާދަމާ މެންދުރު 14:30 – 18:00 އަށް ކުރިއަށް ދާނެކަމަށެވެ. މާލޭގައި ވޯޓުލާނީ ޢިއްޒުއްދީން ސްކޫލް (އެމްއީއެސް)ގައިކަމަށް އެކޯލިޝަނުން ބުނެފައިވެއެވެ. އަދި ހުޅުމާލެއާއި ވިލިމާލޭގެ ކޮމިޓީތަކަށް ވޯޓުލާނީ އެ ދެއަވަށުގައި ޚާއްސަ ކުރެވިފައިވާ ވޯޓު ފޮށްޓަށް ކަމަށެވެ.
ސްޓިއަރިންގ ކޮމިޓީގެ އިންތިޚާބު ކުރެވޭ މަޤާމުތައް:
* ޢާންމު މެމްބަރުން
* އަންހެން މެމްބަރު
* ޒުވާން މެމްބަރު (ޢުމުރުން 35 އަހަރުނުވާ)
އިދިކޮޅު ކޯލިޝަންގެ އެތެރޭގެ އިންތިޚާބުގެ ރަށްތަކުގެ ސްޓިއަރިން ކޮމިޓީ އެކުލެވިގެންދާނީ ރަށްރަށުގެ އާބާދީތަކަށް ބަލައި 5 މެމްބަރުން ފެށިގެން 11 މެމްބަރުންނާއި ހަމަޔަށްކަމަށާއި، އިންތިޚާބްގެ މެމްބަރުން ކަނޑައެޅިގެންދާނީ އާބާދީގެ ނިސްބަތުން ކަމަށް އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
ރަށްރަށުގެ ސްޓިއަރިން ކޮމިޓީއެކުލަވާލުމަށް އިންތިޙާބެއް ބާއްވާއިރު، ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބް ކުރުމަށްޓަކައި އިންތިޚާބްވި މެމްބަރުންގެ ތެރެއިން ކުރިމަތިލާ މީހުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޯލިޝަންގެ އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ