ގަރާޖެއްގައި އޮތް ކާރެއްގައި ރޯވެއްޖެ

ގަރާޖެއްގައި އޮތް ކާރެއްގައި ރޯވެއްޖެ

Author
މުޙައްމަދު ޝަޒައިމް
05 މެއި 2022 09:50
0

މާލޭގެ ގަރާޖެއްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާން ރޯވެފައިވަނީ އިސްކަންދަރު މަގުގައި ހުރި ގަރާޖެއްގައެވެ. މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި އެނގިފައި ނުވާއިރު، ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ވެސް އެނގިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ސިފައިން ދަނީ ބަލަމުންނެވެ. އަދި އަލިފާން ނިއްވާލަން ސިފައިންގެ ފައިޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ހަފްތާގައިވެސް ގަރާޖެއްގައި ރޯވެ ބޮޑެތި ގެއްލުން ވަނީ ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.