ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ބ.ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ. އަދި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
ބ.ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފަ. އަދި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ދަނީ ކުރެވެމުން. #MTCCProjects #RayyithungeKunfun pic.twitter.com/NS8pvY1hPm
— MTCC Plc (@MTCCPlc) May 3, 2022
ބ.ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 22.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢޫގެ ދަށުން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 7 ބްރޭކް ވޯޓަރ، 490 މީޓަރު ސަރަހައްދެއްގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި 96 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، އުތުފަރާތު ގޮނޑުދޮށް ވެލިއަޅައިގެން ތަރައްޤީކުރުންވެސް ހިމެނެއެވެ. މިއީ 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫޢޫއެކެވެ.
ކޮމެންޓު ފޮނުވާ