މޯލްޑިވްސް ނެޝަނަލް ޕާޓީގެ އިދާރީ ޤާބިލްކަން އިތުރުކޮށް ޕާޓީގެ އެންމެހައި އިދާރީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން މުރާޖާކޮށް އެކުލަވާލާފައިވާ އިދާރީ އޮނިގަނޑުގައިވާ މަޤާމު ތަކުގެ ތެރެއިން ސްޕޯރކްސް ޕާރސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެމްއެންޕީން މިމަޤާމަށް ހުޅުވާލީ މިއަދުއެވެ. މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 8 މެއި 2022 ވާ (އާދީއްތަ) ދުވަހުގެ 14:00 ކުރިން އެމް.އެން.ޕީގެ އޮފީހަށް ފޯމް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. އެމްއެންޕީ މުރަޖަޢާކޮށް އެކުލަވާލާފައިވާ އޮނިގަނޑުގައިވާ މި ވަޒީފާއާއި މި ވަޒީފާގެ ޝަރުތުތައް މިއިޢުލާނުގެ ލިންކުން ފެންނާނެކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ.
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ވެސް އެމް.އެން.ޕީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ބަލައިގަނެވޭނެ ކަމަށާއި، ވަޒީފާއަށް އެދޭ ފޯމާއި މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ އިތުރުން އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ވެސް ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެމްއެންޕީގެ ނަންބަރު 9708080 ނުވަތަ 9301177 އާ ގުޅުއްވުމަށް ވަނީ އެދިފައެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ސްޕޯކްސް ޕާސަންގެ މަޤާމު ފުރުއްވަމުންދަނީ އަލްއުސްތާޛާ އަސްރާ އަޙްމަދުއެވެ. އަސްރާއަކީ އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ ޒުވާން ކަނބަލެކެވެ. އަސްރާއަކީ ސިންގަޕޫރުން ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށް ދިވެހިރާއްޖޭގެ ގާނޫނީ އަދި ތައުލީމީ ދާއިރާގަ މަސައްކަތް ކުރައްވާ އަދި DDGM ގެ އެކްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަި ހުރި ޒުވާން ކަނބަލެކެވެ.
ކޮމެންޓު ފޮނުވާ