ޝަރްޢާއި ޤާނޫނާ ޚިލާފަށް ކުރެވޭ އެއްވެސް އަމުރަކަށް ކިޔަމަންވާން ނުޖެހޭނެ: ޑރ.އަބްދުﷲ ދީދީ

ޝަރްޢާއި ޤާނޫނާ ޚިލާފަށް ކުރެވޭ އެއްވެސް އަމުރަކަށް ކިޔަމަންވާން ނުޖެހޭނެ: ޑރ.އަބްދުﷲ ދީދީ

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2020 04:52
0

ޝަރްޢާއި ޤާނޫނާ ޚިލާފަށް ކުރެވޭ އެއްވެސް އަމުރަކަށް ކިޔަމަންވާން ނުޖެހޭނެ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވެރިންނަށް ކިޔަމަން ގަތުމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި ކުރީގެ އުއްތަމަ ފަޑިޔާރު ވިދާޅުވީ ފާސިދު ވެރިންނަށް އެއްބާރުދޭ މުނާފިޤު ޝައިޚުން ދައްކާ ޒާތުގެ ވާހަކަ ޙަދީޘްފުޅުތަކުގެ ކޮންޓެކްސްޓް އިން ބޭރުވާގޮތަށް ޕްރޮމޯޓް ކުރެއްވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ޤުރުއާނުގެ ޙަދީޘްއެއް ޝެއާކުރައްވައި ޑރ.އަބްދުﷲ ދީދީ ވިދާޅުވީ ޝަރްޢާއި ޤާނޫނާ ޚިލާފަށް ކުރެވޭ އެއްވެސް އަމުރަކަށް ކިޔަމަންވާން ނުޖެހޭނެ ކަމަށެވެ.

ޑރ.އިޔާޒް މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ ސިޔާސީ ފަރާތްތަކުން ކުރާ ބައެއް ކަންކަމުގައި ވެރިންނާއި ގުޅޭގޮތުން ދެކެވޭ ވާހަތަކާއި ގުޅިގެންނެވެ. އިޔާޒުގެ ކުރެއްވި ޓްވީޓްގައި ވަނީ ޤުރުއާނުގެ ޙަދީޘްފުޅުއްގެ މާނަ ވިދާޅުވެ ސިޔާސީ ގޮތުން ރާއްޖޭގައި ބާއްވަންޖެހޭ އެއްވުންތަކާއި ކަންކަން ކުރާނަމަ ނަގަންޖެހޭ ހުއްދަތައް ނަގައިގެން އެކަން ކުރުމަށް ސިޔާސީ ފަރާތްތަކަށް ދަންނަވާފައެވެ. ބޮޑާ ހޭކުމަކީ ސުންނަތާއި ޚިލާފް ކަމެއްކަށް ވިދާޅުވެ އިޔާޒް ވަނީ އެކަން ރަނގަޅު ކުރުމަށް އެދިވަޑައިގަންނަވާފައެވެ.

ފަހަކަށް އައިސް ރާއްޖޭގެ އިލްމު ވެރިންގެ ތެރެއިން ޑރ.އިޔާޒާއި، ޝައިހު އަލީ ޒައިދު ފަދަ ބޭފުޅުންނާއި، ދީނީ އެހެން އިލްމުވެރިންނާއި ދަނީ ސޯޝަލް މީޑީޔާގައި އެކި ކަންކަމުގައި ބަހުސް ކުރެވި ބަހުގެ ހަމަލާ ބަދަލު ކުރެވެމުންނެވެ. ދީނީ ގޮތުން ކަނަކްނ އޮންނަ ގޮތް އޮޅުން ފިލުވުމުގައި ދެފަރާތުން ދައްކަވާ ހުއްޖަތާއި ވާހަތައް ތަފާތުކަން ފާހަގަކުރެވެއެވެ.

ޑރ.އިޔާޒް ދަނީ ވަނީ އެކި ފަހަރުމަތީން ސަރުކާރު ދިފާއުކޮށް މިސަރުކާރުން ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް ފުރިހަމަ ބާރާއި، އިޚްތިޔާރު ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. ޑރ.އިޔާޒު ވިދާޅުވީ ބައެއް ހާލަތްތަކުގައި ދިމާވާ ކަންބޮޑުވުންތަކާއިމެދު ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލް ތަފާތުވެ ކަންބޮޑުވުންވާނަމަ އެކަމަކށް ހައްލު ގެނައުމަށް މިސަރުކާރުން މަސައްކަތް ކޮށްދެއްވާކަމަށެވެ. ރައީސްއާއި ފަސޭހައިން ބައްދަލުވާކަމަށް މިސާލު ނަންގަވަމުން ޑރ.އިޔާޒު ވިދާޅުވީ ދާދިފަހުން ދިމާވި ކަމެއްގައި ރާއްޖޭގެ 20 ދީނީ އިލްމުވެރިޔަކު ރައީސް ޞާލިހުއާއި ބައްދަލު ކުރެއްވުމަށް އެދުމުން ވަގުތުން އެފުރުސަތު ފަހިކޮށްދެއްވިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.