ދެ އަހަރަށްފަހު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު، ހިތްހަމަޖެހުމާއި އުފާވެރިކަން!

ދެ އަހަރަށްފަހު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު، ހިތްހަމަޖެހުމާއި އުފާވެރިކަން!

ދެ އަހަރަށް ފަހު މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާޢަތުގައި އީދު ނަމާދުކޮށްފައިވެއެވެ.

2019ގައި ކުރިމަތިލާން ޖެހުނު ކޯވިޑާއި ގުޅިގެން މިދިޔަ ދެ އަހަރު މާލޭ ސަރަހައްދުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވާފައެއްނުވެއެވެ. ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ އަހަރު ލުއިތަކެއް ދިން ނަމަވެސް އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވާފައެއް ނުވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު މިސްކިތްތަކުގައި އީދު ނަމާދުވަނީ ކޮށްފައެވެ. މިއަހަރުގެ ފިތުރު އީދުގެ ބޮޑު ޖަމާއަތް މާލޭގައި ބާއްވާފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ. ހުޅުމާލޭ ބޮޑު ޖަމާއަތް އޮތީ ހުޅުމާލޭ ސްޓޭޑިއަމްގައެވެ. ވިލިމާލޭގެ ބޮޑު ޖަމާއަތް އޮތީ އެރަށު ފުޓްބޯޅަ ދަނޑުގައެވެ.

މާލޭ ސަރައްހަދުގައި ބޭއްވި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވަފައެވެ. ދިނަ އަދަދެއްގެ ދުވަސްމީހުންނާއި އަންހެނުންނާއި ކުޑަކުދިން ވަނީ މިއަދުގެ ބޮޑު ޖަމާއަތުގައި ބައިވެރިވެފައެވެ. މާލޭ ސަރައްހަދުގައި ބޭއްވި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވަފައެވެ. ދިނަ އަދަދެއްގެ ދުވަސްމީހުންނާއި އަންހެނުންނާއި ކުޑަކުދިން ވަނީ މިއަދުގެ ބޮޑު ޖަމާއަތުގައި ބައިވެރިވެފައެވެ.

މާލޭ ސަރައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދީ ވަނީ އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވާފައެވެ. މާލޭގައި ބޮޑު ޖަމާއަތުގެ އިތުރުން 27 މިސްކިތެއްގައިވެސް އީދު ނަމާދުވަނީ ކޮށްފައެވެ.

މި ފަހަރުގެ ފިތުރު އީދާއި ގުޅުވައިގެން މާލެެއާއި ރާއްޖޭގެ އެކި ސަރައްހައްދުތަކުގައި އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ. މާލޭ ސަރަހައްދުން މިއަދު ހުޅުމާލޭގެ ސެންޓަރަލް ޕާކާއި ފޭސް 2 ގައި އެކި ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން މާލެ އަތޮޅު މާފުށީގައި ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. މާފުށީގައި އޮންނަ ބައެއް ހަރަކާތްތަކުގައި ރައީސްގެ ދެ ކަނބަލުންވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *