ރައީސް ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގަންނަވައިފި

ރައީސް ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގަންނަވައިފި

Author
މުޙައްމަދު ޝަޒައިމް
02 މެއި 2022 09:30
0

ބަރަކާތްތެރި ފިޠުރު ޢީދާ ގުޅިގެން އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި ޢީދު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ޢީދު ނަމާދަށްފަހުގައި، ރައީސުލްޖުމްހުރިއްޔާ ވަނީ އިސްލާމީ މަރުކަޒަށް ޢީދު ނަމާދަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނާ ޢީދުގެ ސަލާން ކުރައްވާފައެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚުލާސްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.